theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން -- / ރައީސް އޮފިސް
ހަބަރު
ޔުމްނުގެ މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު ރައީސަށް އަރުވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ޖޫން 2025
މާލެ ސިޓީ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އިންކުއަރީ ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ އޭޕްރީލް މަހުގެ ފަހުކޮޅެވެ.

އެ ކޮމިޝަންގެ ރިޕޯޓް ރައީސަށް މިއަދު ފޮނުވި ނަމަވެސް އެ ކޮމިޝަންގެ ނިންމުމަކީ ކޮބައިކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ވެއްޓުނު ވަގުތު އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލެވެ. އެކަމަކު، އޭނާއަށް ވެސް ދައުވާކޮށްފައިވަނީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގައެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ އެ މައްސަލަައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުން އަމާޒުވެފައި ވަނިކޮށެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް ދައުލަތާއި އަމިއްލަ ފަރާތްތަކުގެ އެހީއާ އެކު، މެލޭޝިއާގައި އަންނަނީ ފަރުވާ ދެމުންނެވެ. މި މައްސަލައިގައި ޔުމްނުގެ ބަޔާން ނުނެގޭތީވެ މިކަމާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އާއިލާއިން ބުނެފައިވަނީ ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved