April 22, 2026
Advertisement
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް / އޭޕީ

ތެހެރާން ހުސްކުރުމަށް ޓްރަމްޕް އަމުރުކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 17, 2025, 09:47 PM
މާލެ ސިޓީ

އީރާނުގެ ވެރިރަށް ކަމަށްވާ ތެހެރާން ހުސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފިއެވެ.

Advertisement

މީސްމީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ، އޭނާ ސޮއިކުރަން ބުނި އެއްބަސްވުމުގައި އިރާނުން ސޮއިކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އީރާނުން ނިންމީ ވަގުތު ބޭކާރުކުރަން ކަމަށާއި އެއި ލަދުވެތި ކަމެއް ކަމުގައި ޓްރަމްޕް ބުނެފައި ވެއެވެ.

މީގެ އިތުރުަން ޓްރަމްޕް ބުނެފައިވަނީ އީރާނަށް ނިއުކްލިޔާ ހަތިޔާރެއް ނުގެންގުޅެވޭނެ ކަމަށާއި އަދި ތަކުރާރުކޮށް އެތައް ފަހަރަކު މިފަދައިން ބުނެފައިވާނެ ކަމަށް ޓްރަމްޕުގެ މެސެޖުގައި ބުނެފައި ވެއެވެ. މީގެއިތުރުން ތެހެރާނުގައި ތިބި އެންމެން އެތަން ހުސް ކުރުމަށް ޓްރަމްޕް އަމުރުކޮށްފައި ވެއެވެ.

ނިއުކްލިޔާ މައްސަލައާއި ގުޅިގެން އުފެދުނު ނުތަނަވަސްކަން ބޮޑުވެ، ހަމަލާ ބަދަލު ކުރަން ފަށާފައިވަނީ ސަަހްޔޫނީއިން އިސްވެ، އީރާނަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާތަކާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved