March 18, 2026
Advertisement
މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު
މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު / ފޭސްބުކް

ޔުމްނު އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫން: އާއިލާ

Hussain Nawaf
ހުސައިން ނަވާފް
Jun 17, 2025, 09:57 PM

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްން ރަޝީދު ފަރުވާއަށް ފަހު ގެއަށް ދޫކޮށްލާފައިވާކަމަށާއި ނަމަވެސް އޭނާ އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫންކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

Advertisement

އައިޖީއެމްއެޗުގައި 10 ދުވަސްވަންދެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންގޮސްފައިވަނީ 26 އޭޕްރީލްގައެވެ.

ޔުމްނުއަށް މެލޭޝިއާގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވައިވާއިރު ގިނަ ސާޖަރީތަކެއްވެސް ވަނީ ހަދާފައެވެ. އޭގެތެރޭގައި ނުރައްކާތެރި ރިސްކު ބޮޑު ސާޖަރީތައްވެސް ހިމެނެއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

އެ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރިޕޯޓް ރައީސަށް ފޮނުވިއިރު ޔުމްންގެ ބަޔާން ނުނަގާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެކަމަށް އާއިލާގެ ފަރާތުން އެއްބާރުލުމެއް ނުދިން ކަމަށް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

އެކަމާއި ގުޅިގެން އާއިލާއިން ވަނީ ކޮމިޝަންގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ރިޔާސީ ކޮމިޝަނަށް ޔުމްނުގެ މެޑިކަލް ރިޕޯޓް ހުށައަޅާފައިވާ ކަމަށާއި އެ ރިޕޯޓްގައި ޔުމްނު އަދި ބަޔާންދޭން ސިއްހީ ހާލަތު ތަން ނުދޭކަން ބަޔާންކޮށްފައިވާކަންވެސް އާއިލާއިން ބުނެފައިވެއެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved