theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަހްޔޫނީން އިސްވެ އީރާނަށަށް ހަމަލާ ދީފި / އިސްރާއީލް އަސްކަރިއްޔާ
ދުނިޔެ
ސަހްޔޫނީގެ ޖާސޫސީ މަރުކަޒަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
18 ޖޫން 2025
ޣައްޒާ

ތެލް އަވީވުގައި ގާއިމުކޮށްފައިވާ ސަހްޔޫނީގެ ޖާސޫސީ އިދާރާ މޮސާޑުގެ މައި އޮފީހަށް އީރާނުން ވަވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ އީރާނުގެ އެންމެ ބާރުގަދަ އަސްކަރީ ޔުނިޓް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިންނެވެ. ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކުރި ކަމަށް އީރާނުގެ ޓެލެވިޜަން ޗެނަލުން ނެރުނު ބަޔާނެއްގައި އިއުލާންކޮށްފައި ވެއެވެ.

140 އަށްވުރެ ގިނަ ޑްރޯން ސަހްޔޫނީގެ ސަރަހައްދަށް ފޮނުވާލާފައި ވާކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. މި ޑްރޯންތަކުގެ ތެރެއިން ބައެއް ވަނީ ސަހްޔޫނީގެ އެހެނިހެން އަސްކަރީ ޓާގެޓްތަކަށް ވެސް އަމާޒުކޮށްފައި ކަމަށް ރިޕޯޓްތަކުން ހާމަ ވެއެވެ.

ހުކުރު ދުވަހު ފެށިގެން ސަހްޔޫނީއާއި އީރާނާ ދެމެދުގައި ހިނގަމުންދާ ހަމަލާތަކުގެ ސިލްސިލާ ވަނީ ވަރުގަދަވެފަ އެވެ.

ދެ ގައުމުންވެސް އަނެއް ގައުމުގެ އަސްކަރީ ބޭސްތަކާއި މުހިންމު ފެސިލިޓީތަކަށް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. ސަހްޔޫނީން ވަނީ އީރާނުގެ ދައުލަތު ޓެލެވިޜަން ސްޓޭޝަން ހިންގާ އިމާރާތަށް ވެސް ޑްރޯން ހަމަލާއެއް ދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved