theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ / އެރަބް ނިއުސް
ދުނިޔެ
ސަހްޔޫނީންގެ ހަރުކަށި އިންޒާރެއް އީރާންގެ ރޫހާނީ ލީޑަރު ހާމަނާއީ އަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
18 ޖޫން 2025
މާލެ ސިޓީ

އިރާގުގެ ކުރީގެ ވެރިޔާ ސައްދާމް ހުސެއިންއަށް ކުރިމަތިވި ފަދަ ކަމެއް އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީއަށް ވެސް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ, ސަހްޔޫނީންގެ ދިފާއީ ވަޒީރު ކަޓްޒް އިންޒާރު ދީފި އެވެ.

ކަޓްޒް ބުނީ ސަހްޔޫނީންނާއި ދެކޮޅަށް ސައްދާމް ނުކުމެވަޑައިގަތުމުން، އޭނާ ނިމިގެން ދިޔަ ގޮތް ހަނދާން ކުރަންޖެހޭ ކަމަށެވެ. ހާމަނާއީ ނިމިގެންދާނީ ސައްދާމް ނިމިގެން ދިޔަ ގޮތަށް ކަމަށް ކަޓްޒް އިޝާރާތް ކުރި އެވެ.

ސަހްޔޫނީންނަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހާމަނާއީ އަވަހާރަ ކޮށްލުމުގެ ފުރުސަތު އިޒްރޭލަށް ލިބުނު ކަމަށް ރޮއިޓަސްއިން ރިޕޯޓް ކުރި އެވެ. ނަމަވެސް އެކަން ނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ހައްދުފަހަނަައަޅާފައިވާ އިސްރާއީލުން މިހާރު އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއް ކަމަކީ އާޔަތުﷲ ހާމަނާއީ އަވަހާރަކޮށްލުމެވެ. ހާމަނާއީ އަވަހާރަކޮށްލުމަށް ސަހްޔޫނީން މީގެކުރިން އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ދުނިޔޭގައި މިވަގުތު ތިއްބެވި އިސްލާމީ ލީޑަރުންގެ ތެރެއިން އެންމެ ޖެހިލުން ކުޑަ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަނީ ހާމަނާއީ އެވެ.

އެމެރިކާ އަދި ގުޅިފައިވާ ކޯލީޝަނުގެ ސިފައިން ޑިސެމްބަރު، 2003 ގައި އިރާގުގައި 1979 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ލީޑަރު ސައްދާމު އަތުލައިގަތުމަށް ފަހު ބޭއިންސާފު ޝަރީއަތް ހިންގާ ސައްދާމު ހުސައިން ދަންޖައްސައި އަވަހާރަ ކޮށްލާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

އެފަދައިން ހާމަނީ އަވަހާރަކޮށްލުމަކީ ހުޅަގުން ބޭނުންވާނެ ގޮތް ކަމަށް ހުދު އީރާން މަސްދަރުކުން ވެސް ގަބޫލުކުރެއެވެ. އެސަބަބަށްޓަކައި ހާމަނާއީގެ ސެކިއުރިޓީ އަކީ އީރާން އަސްކަރީ އަދި ހަތިޔާރު އެޅި ސިފައިންގެ ގެ އެންމެ މުހިންމު މަސައްކަތެވެ.

ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved