theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝޭހުން ނިޝާން އަދި ފަޒްލޫން / ސަން
ހަބަރު
ޝައިޚު ނިޝާން އަދި ފަޒްލޫން މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސްފި
Hussain Nawaf
ހުސައިން ނަވާފް
18 ޖޫން 2025

ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދީނީ ދެ އިލްމުވެރިން ކަމަށްވާ އާދަމް ނިޝާން އަދި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

ޝައިޚު ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް ދައުވާ އުފުލީ 21 ޖޫން 2022ގައި ހިންގި ޔޯގާ ހަމަަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުގައެވެ.

ދެ ޝައިޚުންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެ މީހުންގެ މައްޗަށް އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން މިހާރު ވަނީ ނިންމާފައެވެ.

އެގޮތުން ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީންވަނީ ނިންމާފައެވެ.

އެ މައްސަލާގައި ފުލުހުން ހިންގި ޖިނާއީ ތަހުގީގާ ގުޅިގެން ނިޝާން އަދި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އޭރު ހިފެހެއްޓި ނަމަވެސް މިހާރު އެ ހުއްދަ އަނބުރާ ދީފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved