

ސަހްޔޫނީންގެ އަޔަން ޑޯމްގެ ދިފާއީ މިސައިލްތައް ހުސަވުމަށް ގާތްވެފައިވާ ކަމަން ހާމަވެއްޖެއެވެ.
އީރާނުން ސަހްޔޫނީންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ދިފާއީ މިސައިލްތައް ހުސްވުމާއި ގާތްވެފައި ވާކަމަށް އެ ގައުމުގެ ޑިފެންސް ފޯސްއާއި ހަވާލާދީ ރިޕޯޓްކޮއްފައި ވެއެވެ.
ރިޕޯޓްތަކުން ހާމަވާގޮތުގައި ދިފާއީ މިސައިލްތައް ހުސްވުމާއި ގާތްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ސަހްޔޫނީއިން އެމެރިކާއާއި ހިއްސާކޮށްފައިވެއެވެ.
ސަހްޔޫނީއިން މިދިޔަ ހުކުރު ދުވަހު އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން އީރާނުން ސަހްޔޫނީއަށް އަމާޒުކޮށް 400 އަށް ވުރެ ގިނަ މިސައިލާއި ގިނަ ޑްރޯންތަކެއް ފޮނުވާލައިފައި ވާކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވެއެވެ.
އިސްރާއީލާއި އީރާނާއި ދެމެދު ވަރުގަދަ ހަމަލާތައް ބަދަލު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އިސްވެ، އީރާނަށް ދިން ހަމަލާތަކާއި ގުޅިގެންނެވެ.