theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިޒްރޭލުގެ ތެލް އަވީވްއަށް އިރާންގެ މިސައިލުތައް އަމާޒުވާ މަންޒަރު ފެންނަ ފޮޓޯއެއް -- / އަލްޖަޒީރާ
ދުނިޔެ
ބައިނަލްއަގްވާމީ މީޑިއާތަކުން ސަހްޔޫނީއަށް ލިބޭ ގެއްލުން ދެއްކުން މަނާކުރަނީ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖޫން 2025
މާލެ ސިޓީ

ބައިނަލްއަގްވާމީ މީޑިއާތަކުން ސަހްޔޫނީއަށް ލިބޭ ގެއްލުން ދެއްކުން މަނާކުރަން އެ ގައުމުން ނިންމާއިފިއެވެ.

މިއަދު ހެނދުނު އީރާނުން ފޮނުވާލި މިސައިލް އަމާޒުވި ސަރަޙައްދުތަކުން ރިޕޯޓުކުރަމުންދިޔަ ބައެއް ބޭރުގެ ނޫސް އޭޖެންސީތަކުގެ ކުރަމުންދިޔަ ބްރޯޑްކާސްޓް ފުލުހުން ވަނީ ހުއްޓުވާފައެވެ.

ފުލުހުން ބުނިގޮތުގައި އަލްޖަޒީރާ ނިއުސް ނެޓްވޯކުން ހަމަލާދިން ތަންތަނުގެ ސާފު މައުލޫމާތު ހާމަކޮށްފައި ވާކަމަށެވެ. އަލްޖަޒީރާއަކީ މިދިޔަ އަހަރުގެ ކުރީކޮޅުއްސުރެ ސަހްޔޫނީންގައި މަނާކުރެވިފައިވާ ނެޓްވޯކެކެވެ.

އަލްޖަޒީރާއިން ހުއްދަނެތި އަދި ޤާނޫނާ ހިލާފު ކޮންޓެންޓް ފޮނުވުމަށް ބޭނުންކުރާ ނޫސް އޭޖެންސީތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕެޓްރޯލް ޔުނިޓްތައް ފޮނުވި ކަމުގައި ސަހްޔޫނީންގެ ފުލުހުންގެ ތަރުޖަމާނަކު ބުނެފައެ ވެއެވެ.

ފުލުހުންގެ އޮފިސަރަކު ކެމެރާމަނަކަށް އޭނާގެ ރެކޯޑިން ޑިވައިސް ހަވާލުކުރުމަށް އަމުރުކުރާތަން ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ހިއްސާކުރި ވީޑިއޯއެއްގައި ފެނެއެވެ.

ކެމެރާމަން އިންކާރުކޮށް، ބުނެފައިވަނީ މި މިންޒަރުތައް ސީއެންއެން އިންނާއި، ބީބީސީ އަދި މީގެއިތުރުން މުޅި ދުނިޔެއަށްވެސް ފެންނަމުން ދާކަަމަށެވެ. އެހެންކަމުންއެކަން ހުއްޓުމަށޤ ކެމެރާމަން އިންކާރު ކުރާކަމަށެވެ. މީގެ އިތުރުން އަދި އެހެން ޗެނަލްތަކުން އަލްޖަޒީރާގެ ބްރޯޑްކާސްޓް ބޭނުން ކުރާކަމުގައި ވާނަމަ އެކަމަކާމެދު އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުންގެ ތަރުޖަމާނެއް ބުނާގޮތުގައި މި ނިންމުން ނިންމާފައިވަނީ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރު ބެން-ވީރުގެ ސިޔާސަތާ އެއްގޮތަށް އަދި ޕޮލިސް ކޮމިޝަނަރު ޑެނީ ލެވީގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މިސައިލް އަމާޒުވާ ތަންތަނުގެ ލޮކޭޝަން ބްރޯޑްކާސްޓް ކުރާ ބޭރުގެ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބެން-ވީރު ވަނީ ވައުދުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved