

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން އެ ރައްޔިތުން އައްޔަންކޮށްފައި ތިބޭ ވަކީލުންތަކެއް ތިބޭ މަޖިލީހެކެވެ. އެ މަޖިލީހުގެ ޒިންމާއަކީ ރައްޔިތުންގެ ހައްގުތައް ސަރުޚާކާރުން ކަށަވަރުކޮށްދޭތޯ ބަލާ ފާރަވެރިވެ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމެވެ. ނަމަވެސް މިއަދު އޮތީ އެފަދަ ޒިންމާދާރު މަޖިލީހެއްތޯ ސުވާލު އުފައްދަން އެބަ މަޖްބޫރުވެއެވެ.
މަޖިލީހަކީ ރަބަރ ސްޓޭމްޕެކޭ މިއަދު ގިނަ ބަޔަކު ބުނެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެހެނީ ސަރުކާރުން ބޭނުންވާ ބިލަކަށް ލަހެއް ފަހެއް ނެތި މަސައްކަތް ހަ ގަޑި ހަތް ގަޑިއިރު ތެރޭވެސް ބިލު ފާސްކޮށް ނިންމުމެވެ. ސަރުކާރުން ބޭނުން ނުވާނަމަ ނުވަތަ ސަރުކާރުގެ ފެއިލިޔަރ ފެންނަ ނަމަ ސުޕަރ ސުޕަރ މެޖޯރިޓީއިން އެ ބިލެއް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭ ނަމަވެސް ނަގާ ތަޅުމުން ހުރާލާ ކުޑަދޮރުން ނަމަވެސް ބޭރުކޮށްލާތީއެވެ.
ދާއިރާގެ ރައްޔިތުންގެ ވޯޓާއެކު ގޮނޑިތަކަށް ހޮވުނު ނަމަވެސް މިއަދު އަމިއްލައަށް އަމިއްލަ ފަޔަށް ބަޑި ޖަހައިގެން އަނދަ ގޮނޑި ޖަހައިގެން ތިބި މެމްބަރުންތަކެއް ގިނައިރު މިއަދު އެ މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ބަހެއް ކީއްކުރަން އަކުރެއް ފިއްޔެއްވެސް ބުނެނުލެވެއެވެ. ނަމަވެސް ނަމުން ރައްޔިތުންގެ މަޖިލީހޯލައެވެ.
ރައީސް އަބްދުﷲ ޔާމީނަކީ މި ގައުމުގައި ދަރަނި އޮވެމެ ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެއްވާ ދަރަނިން ގައުމު އަރަންޏަށް ބަދަލުކުރެއްވި ވެރިއެކެވެ. އެހެންކަމުން މިއަދު ދަރަނީގެ ބަހަނާ ދައްކާ ގައުމުގެ ހިންގުމާ ތަރައްގީ މަޑު ޖައްސާލާ ސަރުކާރުން އުޒުރު ދައްކަމުންދާ ނަމަ އެމަނިކުފާނު އެ ވާހަކަ ދައްކަވާނެއެވެ. އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުން އިސްކުރައްވާ ވެރިއެކެވެ. އެންމެ ފުރަތަމަ ދީނާ ގައުމާ ރައްޔިތުންނެވެ. އެއަށް ފަހު ދެން އެހެން ކަންކަމެވެ. މިއީ ރައީސް ޔާމީންގެ އުސޫލެވެ.
ގައުމުގައި ހިންގާ ކޮރަޕްޝަންގެ ވާހަކައަކީ މިއަދު އެންމެންނަށް އެނގޭ ބޮޑު ސިއްރެވެ. ދައުލަތުގެ މާލިއްޔާ ދަވާލާ ރައީސް މުހައްމަދު މުއިއްޒަށް ވެސް ބައި އެޅޭނެހެން ކުރަމުންދާ ވައްކަންތަކަކީ ރޯމާ ދުވާލު ރައްޔިތުންގެ ލޯކުރިމަތިން ހިނގަމުންދާ ކަންކަމެވެ. އެހެންކަމުން ރައީސް ޔާމީން އެވާހަކަ ދެއްކެވުމުން މަޖިލީހުގައި ލިބޭ މުސާރައިގެ އިތުރުން ނަގުދު ބައި ލައްކަ ރުފިޔާގެ އަޅުންގެ ގޮތުގައި ތިބި ކިއްސަރު ވަޑާމުގެ ވަޑިން ރުޅި ގަދަ ވިޔަސް އެއީ ދޮގަކަށް ނުވާނެއެވެ.
ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ވަޑި ފަލާހު ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށް އެމަނިކުފާނު މިނިވަނެއްގެ ގޮތުގައި ހުންނެވީ ޝަރުއީ ދާއިރާގެ ހަމަތަކުގެ ތެރެއިން ނުކުމެވަޑައިގެންނެވެ. މޭޒު ތަންދޮށުން ފަނޑިޔާރަކަށް ދިން ފައިސާ ފޮއްޗެއް މަގާމެއް ފްލެޓެއް ނޯންނާނެއެވެ.
ވަޑި ފަލާހު މަޖިލީހުގައި ރައީސް ޔާމީނާ މުހާތަބުކޮށް ޔާމީން ޔާމީން ކިޔާއިރު ތިމާ އެ ދާއިރާއެއް ތަމްސީލު ކުރާ އިނގުރައިދޫ ދާއިރާ ނިސްބަތްވާ އިނގުރައިދޫގެ ރައްޔިތުން ތިބި ހާލު ބަލާލާ އެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނިއްޔާ މާ ހެޔޮ ނޫންތޯއެވެ؟ އިނގުރައިދޫ ރައްޔިތުން ނުކުމެ އެހެރަގެން ބޮޓޭކޯގެ އިސްތިއުފާއަށް ގޮވާ ހަނާހުނި ވަނީ ވިއްޔާއެވެ. ތަރައްގީ ގައިމުވާނެ ކަމަށް ބޮޑު "ހިޔަޅަ"ކަށް ވޯޓު ދެވުމުން އެ ރައްޔިތުން މިއަދު އެ ތިބީ ސަހަރޯ ހީވެފައެވެ.
އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މަޝްރޫއުތައް ބޮޓޭކޯމެންގެ މެމްބަރުކަމުގައި ސަރުކާރުން މިވަނީ ހުއްޓާލާފައެވެ. ތަރައްގީއިން އިނގުރައިދޫ ބާކީކޮށް ރައްޔިތުން މިއަދު އެކަހެރިކޮށްފިއެވެ.
މަޖިލީހަށް އެ ރައްޔިތުން ބޮޓޭކޯ ހޮވާދިނުމުން ބަދަލުގައިި ދިން ތެޔޮ ހަމެކެވެ. ރައީސް ޔާމީންގެ ނަންފުޅުވެސް ތިޔަ ދުލުން ކިޔޭނެ ފެންވަރުވެސް އެހެންކަމުން ނެތް ކަން މިކަމުން އެކަނި އެބަ ހާމަވެއެވެ. .ބޮޓޭކޯއެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ވަކި ދާއިރާއެއް އިސްތިސްނާއެއް ނެތި ރައްޔިތުން ތިބީ ނުހަނު ފުދިގެން އުފާވެރިކަމުގައެވެ. ތަރައްގީގެ މަޝްރޫއުއެއް ނުހިނގާ އެންމެ ރަށެއް ވެސް ނޯންނާނެއެވެ.
މެކުނު ފުމުނަސް ގާހަކައަށް ނުފުމެވޭނެކަން މިކަމުން ވެސް ހާމަވެއެވެ. އެހެންކަމުން ރައީސް ޔާމީންގެ ފަހަތުން ބިސްމަޅި ދުއްވުމުގެ ބަދަލުގައި ބޮޓޭކޯމެން، ދާއިރާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީބަލާށެވެ. ގައިމު މިހާރު ރައްޔިތުންނަށް ޚިދުމަތްކޮށްނުދެވިގެން އުޅެނީ ކޮން ބާރެއް ނެތިގެން ހެއްޔެވެ؟ ވެރިކަމުގައިވެސް ކަލޭމެންނެވެ. މަޖިލީހުގައިވެސް ކަލޭމެންނެވެ.
ބޮޓޭކޯއެވެ. ރައީސް ޔާމީންއާ ޖެހިނުގަނެ، ނުފޯރާ ފޮތިން ފޫގަޅާ ލަދުވެތި މަންޒަރުތައް ފެނުމުގެ ކުރިން ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭތޯ ދެން ވެސް ބަލާށެވެ.