April 3, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ކަޅު ހަމަކާއި ބާޖަކާއި އެކީ ބަންކަރިން ނުފެށޭނެ، މެނިފެސްޓޯއަށް ހުތުރު ނާރުވާ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 19, 2025, 08:47 PM
މާލެ ސިޓީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮލޯ ކުރައްވަމުން ގެންދަވާ، ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ ގައި ހުރި ބަންކަރިން ފަދަ ޕްރޮޖެކްޓު ފެއްޓެވި ނަމަވެސް އެ މެނިފެސްޓޯ ލިޔުނު ފަރާތަށް ހުތުރު ނުވާނެހެން ފައްޓަވަން ރައީސް ޔާމީން ގޮވާލައްވައިފިއެެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކަޅު ހަމަކާއި ބާޖަކާއި އެކީ ވަޑައިގެން ބަންކަރިންގެ ޕޮރެޖެކްޓެއް ނުފެއްޓެވޭނެ ކަމަށެވެ.

ބަންކަރިންގެ ޕްރޮޖެކްޓް ފެއްޓެވުމުގު ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަހަރެއްގެ މައްޗައް މި ޕްރޮޖެކްޓުން މިނިމަމް 400 މިލިޔަން ލިބޭނެ ކަމަށެެވެ. ނަމަވެސް ކަޅުހަމަކާއި ބާޖެއްގައި ނުކުމެގެން 400 މިލިޔަން ލިބިދާނެ ކަމާއި މެދު އެމަނިކުފާނު ސުވާލު އުފައްދާފައި ވެއެވެ.

ބަންކަރިންނާއި ތި އެއްޗިއްސަކީ ހަމަ ރައީސް ޔާމީންގެ މެނިފެސްޓޯ ގައި ހުރި ވާހަކަ ވާހަކަ، ދެން އަޅުގަނޑު ނުބުނަން އޭގަ ހުރި ކަންކަން ތަންފީޒު ކުރަން މަސައްކަތް ނުކުރާށޭ، އެކަމަކު ފަށައިގެން ނުވާނެ ދެއްތޯ އެމެނިފެސްޓޯ ލިޔުނު މީހަކަށް ހުތުރުވާ ގޮތަށް! އެ ހުތުރުވާ ގޮތަށް ފަށައިގެން ނުވާނެ! ކަޅު ހަމަކާއި ބާޖަކާއި ހިފައިގެން މި ފެށީ، މިހެންވީމަ ދެއްތޯ ބަންކަރިން ނުހިނގީ

ރައީސް ޔާމީން

މެނިފެސްޓޯގެ ހަގީގީ އޯތަރަކީ ކޮންމެ މީހެއް ކަމުގައި ވީނަމަވެސް އޭގައި ހުރި މަސައްކަތް ނަގައިގެން ކުރައްވަން ރަނގަޅު ކަމަށާއި އެކަމަކު އެކަންތައްތައް ކުރަން ވާނީ އެކަންތައް ކުރެވޭނެ ދެމެހެއްޓެނިވި ގޮތަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވަނީ ބައިތޫމާލުގައި ފައިސާ ނެތްއިރު ބޮޑެތި މިފަދަ މަޝްރޫއުތައް ހިންގޭނެކަމުގެ ހުވަފެން ރައްޔިތުންނަށް ނުދެއްކުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved