theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ފުުލުހުންގެ މުއައްސަސާ ވެފައި ވަނީ ދިވެހިންނަށް ހުރި ބޮޑު ވޭނަކަށް: ޑރ ޖަމީލް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 ޖޫން 2025
މާލެ ސިޓީ

ފުލުހުންގެ މުއައްސަސާ ވެފައި ވަނީ ދިވެހިންނަށް ހުރި ބޮޑުވޭނަކަށް ކަމަށާއި އެމަނިކުފާނުގެ ނަޒަރުގައި އެއީ ފެއިލް ވެފައި ވާތަނެއް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވެފައި ވަނީ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންގެ މުއައްސަސާއިން ގެންގުޅެނީ މުއްސަދިން ވީމަ ވަކި ގާނޫނެއް އަދި ދެރަ ނިކަމެތި ކީހާއަށް ވަކި ގާނޫނެއްކަމުގައި ޑރ ޖަމީލް ތުހުމަތުކުރެއްވިއެވެ.

މި މައްސަލަތަކުގެ ތެރޭގަ ފުލުހުންގެ މުއައްސަސާ މިހާރު އަޅުގަނޑު މެންނަށް ވެއްޖެ އަޅުގަނަޑުމެންނަށް ހުރި ވަރަށް ބޮޑު ވޭނަަކަށް އަޅުގަނޑު މެންގެ ނަޒަރުގައި މީހަމަ ފެއިލް ތަނެއް ސަަބަބަކީ މިސާލަކަށް ވަންރޫލް ފޯދަ ރިޗް ދި އަދާ ފޯރ ޕުއަރ އެހެން ވެގެން ނުވާނެ ދެއްތޯ

- ޑރ ޖަމީލް

ރައީސް މުއިއްޒުގެ މައްޗަށް ކޮށްފައިވާ ނޫމަޑީގެ ތުހުމަތަކީ ކުޑަކަމެއް ނޫން ކަމަށާއި ވައްކަމާއި ހިޔާނާތައް ބަލާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ޑރ ޖަމީލު ވިދާޅުވިއެވެ. އެހެން ގައުމެއްގެ ފުލުހުން ނަމަ މިފަދަ ބޮޑު މައްސަލައެވެ އެފުއް މިފުށަށް ޖަހާނެ ކަމުގައި ޑރ ޖަމީލް ވިދާޅުވިއެވެ.

ފުލުހުންގެ ފެއިލިއަރއެއްގެ ގޮތުގައި ފާހަގަކޮށް ޑރ ޖަމީލު ވިދާޅުވީ ދިމްޔާތުގައި ހިނގާފައިވާ މަރުގެ މައްސަލަ ނުބެލޭ ކަމަށާއި ޒަކިއްޔާގެ މަރުގެ މައްސަލާގެ އިތުރުން ޔުމްނުއާއި ދޭތެރޭ ކަންތައްވި ގޮތެއް ނުބެލޭ ކަމުގައި އެ ބޭފުޅާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު މައްޗަށް އެތައް ވައްކަމުގެ ތުހުމަތުތަކާއި ވާރުތަ މުދާ ފޭރިގަތުމުގެ ތުމަތުގެ އިތުރުން މީހެއްގެ މަރެއްގައި ޝާމިލް ވެފައި ވާކަމުގެ ތުހުމަތު ކުރެވޭއިރު، މިފަދަ މައްސަލަތައް ފުލުހުންނަށް ތަހުގީގު ނުކުރެވޭ ކަމުގައި ޑރ ޖަމީލް ވިދާޅުވިއެވެެ.

ރައީސް މުއިއްޒު މިހާރު ހުންނެވި މާޤާމުން އެމަނިކުފާމަށް ކުރެވޭ ތުހުމަތު ތަކުން ބަރީއައް ވެގަންނަށް ފުލުހުން ނަށް އަމުރު ކުރެވޭނެ ކަމުގައިވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved