theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ. / އޭއެފްޕީ
ދުނިޔެ
އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ: ހާމަނާއީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
20 ޖޫން 2025
މާލެ ސިޓީ

އެއްވެސް ބަޔަކަށް އީރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށް އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ހާމާނާއީ ވިދާޅުވެއްޖެ އެވެ.

ސަހްޔޫނީން އިސްވެ މިދިޔަ ހުކުރު ދުވަހު އިރާނަށް ހަމަލާ ދިނުމާއި އަދި މި ހަމަލާތަކުގެ އަމާޒަކީ ހާމަނާއީ އާއި އީރާންގެ ނިއުކުލިޔަ އަމަމާޒުތައް ކަމަށް ބުނެ ހުޅަގުން ދެމުންދާ ރައްދައް ޖަވާބު ދެއްވަމުން ހާމަނާއީ ވިދާޅުވީ ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.

ސަހްޔޫނީންނަށް އަބަދުވެސް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން އޮތީ ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމަށް ތައްޔާރު ވެފަ އެވެ. އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އިރަނަށް ހަމަލާ ދިނުމުގެ ޕްލޭނަށް ރުހުން ދީފަ އެވެ. އެކަމަކު އެ ޕްލޭން ތަންފީޒު ކުރަން ފެށުމާ މެދު ގޮތެއް ނިންމަން ޓްރަމްޕް ވަނީ ދެ ހަފުތާގެ މުއްދަތެއް ދެއްވައިފަ އެވެ.

ރައްދުގައި އިރާނުގެ ލީޑަރު ވިދާޅުވި ގޮތުގައި އެމެރިކާއިން އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު އެމެރިކާ އަށް ވެސް އިރާނުން ދޭނެ އެވެ.

އެމެރިކާ އިން ގަބޫލު ކުރަންވީ، އެމެރިކާ އިން އަސްކަރީ ގޮތުން ކުރާ ކޮންމެ ނޭއްގާނީ އަމަލެއްގެ އާހިރު ނަތީޖާއާ އެ މީހުން ކުރިމަތިލާން ޖެހި އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެކަން،

- ހާމަނާއީ

ހާމަނީ އަވަހާރަކޮށްލުމަކީ ހުޅަގުން ބޭނުންވާނެ ގޮތް ކަމަށް ހުދު އީރާން މަސްދަރުކުން ވެސް ގަބޫލުކުރެ އެވެ. އެ ސަބަބަށްޓަކައި ހާމަނާއީގެ ސެކިއުރިޓީ އަކީ އީރާން އަސްކަރީ އަދި ހަތިޔާރު އެޅި ސިފައިންގެ ގެ އެންމެ މުހިންމު މަސައްކަތެވެ.

ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ.

ސަހްޔޫނީންނަށް އީރާނުން ހަމަލާތައް ބަދަލުކުރަމުންދާތާ، ހަ ދުވަސްވެފައިވާއިރު، މިއަދުވެސް ދެ ފަރާތުން ވަނީ ވަރުގަދަ ވައިގެ ހަމަލާތައް ދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved