theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަހްޔޫނީންގެ އައްޑަނަތައް ފޫއަޅުވާލައި އީރާނުން ހައިފާ ސުންނާފަތި ކޮށްލައިފި / ރޮއިޓަރސް
ދުނިޔެ
ސަހްޔޫނީންގެ އައްޑަނަތައް ފޫއަޅުވާލައި އީރާނުން ހައިފާ ސުންނާފަތި ކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ޖޫން 2025
މާލެ ސިޓީ

އިޒުރޭލުން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދޭންފެށި ވަރުގަދަ ހަމަލާ ތަކުގައި ސަހްޔޫނީންގެ އައްޑަނަތައް ފޫއަޅުވާލައި އީރާނުން ސަހްޔޫނީން ވެރިވެގަނެ އަތްގަދަކޮށްގެން އުޅޭ ހައިފާ ސުންނާފަތި ކޮށްލައިފި އެވެ.

އިރާނުން ހަމަލާތައް އަމާޒުކުރާ އިޒްރޭލްގެ ތިން ސިޓީއަކީ ތެލްއަވީވާއި ހައިފާގެ އިތުރުން ބީރްޝެބާ އެވެ. އެ ތިން ރަށަކީ އަސްކަރީ ގޮތުން އިޒްރޭލްގެ އެންމެ ސްޓްރެޓެޖިކް މަރުކަޒުތައް ހުރި ތިން ސިޓީ އެވެ. މީގެ އިތުރުން އީރާނުގެ ބެލިސްޓިކް މިސައިލެއް ސަހްޔޫނީންގެ ދެކުނުގައި އޮންނަ ބީރުޝެބާއަށް ވެސް އަރައި ހަތް މީހަކަށް އަނިޔާވެ، ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ރޭގެ ހަމަލާތަކަކީ ތެލްއަވީވް އަދި ހައިފާ ހިމެނޭހެން އަމާޒުކޮށް އިރާނުން މިހާތަނަށް ފޮނުވާލި އެންމެ ވަރުގަދަ ހަމަލާތަކެވެ. އީރާނުގެ އިންގިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ސަހްޔޫނީންގެ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމުތަކަށް އެ ހަމަލާތައް ހުއްޓުވިފައި ނުވާ ކަމަށް ބުނެފައި އެވެ.

ސަހްޔޫނީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެ ސަރަޙައްދަށް ގޮސް ލިބިފައިވާ ގެއްލުންތައް ބަލައިލައިފަ އެވެ. އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ނަތަންޔާހޫއަށް ވެސް ހުރީ ސިހިފައި އެވެ.

އިރާނުގެ އެންމެ މަތީ އަސްކަރީ ގޮފި، ރިވޮލިއުޝަނަރީ ގާޑުގެ ފައުޖުން ރޭ ފޮނުވާލި މިސައިލް ހަމަލާތައް ހުއްޓުވުމުގައި އިޒްރޭލްގެ އަޔަންޑޯމް އަށް ކާމިޔާނުލިބުމުން ނަތަޔާހޫ ހުރީ ވަރަށް މާޔޫސްވެފައި ކަަމަށް ސަހްޔޫނީގެ ހަބަރުތައް ގެނެސްދޭ މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޮޓްކޯށްފައި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒުރޭލަށް އަމާޒުކޮށް އިރާނުން ފޮނުވާ ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގެ ގާބިލްކަން އިތުރު 10 ނުވަތަ 12 ދުވަހަށް ވުރެ ގިނަ ދުވަހު ދެމެހެއްޓޭނެ ކަމަކަށް ނުބެލެވެ އެވެ.

ސަހްޔޫނީންގެ "އެރޯ 3" މިސައިލް ދިފާއީ ނިޒާމުގެ މިސައިލްތައް ހުސްވަމުންދާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ސަހްޔޫނީން މިހާރު ގެންދަނީ އީރާނުން މިސައިލް ފޮނުވާ ތަންތަން ވަރަށް ބޮޑަށް ބަލައި ހޯދައި އެ ތަންތަނަށް ހަމަލާ ދެމުން ކަމަށްވެ އެވެ.

މުރާސިލުން ދެކޭ ގޮތުގައި އިރާނުގެ ރޭވުންތައް ދަނީ މަޑުމަޑުން ކާމިޔާބުވަމުންނެވެ. އިރާނުން އަމަލުކުރާ އުސޫލަކީ ހަނގުރާމައިގެ ކުރީކޮޅު އާދައިގެ މިސައިލްތަކެއް ފޮނުވާލައިގެން ސަހްޔޫނީންގެ މިސައިލް ދިފާއީ ނިޒާމު ފުނޑާލުމެވެ. އަދި އޭގެފަހުން ބާރުގަދަ މިސައިލްތައް ސަހްޔޫނީން އަމާޒުކޮށް ފޮނުވާލުމެވެ.

އީރާނު ހަމަލާތަކުގެ ގެއްލުންތައް ސަހްޔޫނީންގެ ސަރުކާރުން ސެންސަރު ކުރަމުން ގެންދިޔަ ނަމަވެސް މިސައިލްތަކުގެ ވާރޭ ވެހެމުންދާ ވަގުތު، ސަހްޔޫނީންގެ ގިނަ ފަށަލަތަކުގެ ދިފާއީ ނިޒާމުތައް ފަހަނައަޅައި ގޮސް އަމާޒުތަކަށް ޖެހެމުންދާ މަންޒަރުތައް ސޯޝަލް މީޑިއާ ގައި އަންނަނީ އާންމު ވަމުންނެވެ.

އީރާނުގެ މިސައިލް ހަމަލާތަކުގައި މިހާތަނަށް ސަހްޔޫނީންގެ 30 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާއި ހޮސްޕިޓަލްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved