April 22, 2026
Advertisement
އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒު
އިސްފަހާނުގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒު / ސޯޝަލް މީޑިއާ

އިސްފަހާން ސިޓީގައި ހުންނަ އިރާނުގެ ނިއުކްލިއާ މަރުކަޒަށް ހަމަލާ ދީފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 21, 2025, 08:50 PM
މާލެ ސިޓީ

އިރާނުގެ އިސްފަހާން ސިޓީގައި ހުންނަ އެގައުމުގެ ނިއުކްލިއާ މަރުކަޒަށް ސަހްޔޫނީއިން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

Advertisement

އިސްފަހާނުގެ ޑެޕިއުޓީ ގަވަރުނަރާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަހްޔޫނީން ނިއުކްލިއާ މަރުކަޒަށް އަމާޒުކޮށް ހަމަލާދީފައި ވަނީ މިއަދު ހެދުނުގެ ވަގުތެއްގަ އެވެ.

މި ހަމަލާތަ ކަކީ ސީދާ އެ މަރުކަޒަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއަކަށް ވީނަމަވެސް، ނުރައްކާތެރި އެއްވެސް މާއްދާއެއް ލީކު ނުވާ ކަމުގައި އިސްފަހާނުގެ ޑެޕިއުޓީ ގަވަރުނަރު ބުނެފައިވެ އެވެ.

މިމަރުކަޒަކީ އިރާނުގައި ހުންނަ ނިއުކްލިއާ މާއްދާތައް އުފައްދާ، އަދި އެކަމުގެ ރިސާޗު ހަދާ އެންމެ ބޮޑު މަރުކަޒެވެ. ނިއުކްލިއާ މާއްދާއެއް ލީކު ނުވި ނަމަވެސް ރައްކާތެރިކަން ކަށަވަރުވަންދެން އެ ސަރަހައްދާ ކައިރިއަށް އާންމުން ނުދިއުމަށް އިރާނުގެ އޮފިޝަލުން އިލްތިމާސްކޮށްފައި ވެއެވެ.

މީގެ ހަފުތާއެއް ކުރިން ސަހްޔޫނީއިން އިރާނަށް ހަމަލާ ދޭން ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުން ދާކަަމަށް ބުނެފައެވެ. ނަމަވެސް އިރާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved