theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ ސެކެރަޓަރީ ޖެނެރަލް މުހަންމަދު މަލީހް ޖަމާލް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒު ވެސް ވަރަށް ރަނގަޅަށް ޒިންމާ އަދާކޮށްފި: މަލީހް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
21 ޖޫން 2025
މާލެ ސިޓީ

ނިމިދިޔަ 17 މަސްދުސް ތެރޭގައި ރައީސް ޑރ.މުހަންމަދު މުއިއްޒު ވެސް ވެރިކަމުގެޒިންމާ ވަރަށް ރަނގަޅަށް އަދާ ކޮށްފި ކަމުގައި ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހަންމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެބޭފުޅާ ވިދާލުވީ، ރައީސުލް ޖުމުހުރިއްޔާ އަކު ޒިންމާ އަދާކުރެއްވީމައި ރައްޔިތުންގެ އާމްދަނީ އަށް އެކަށީގެންވާ ބަދަލު ތަކެއް އަންނާނެކަމަށާއި، ރައީސަކު ޒިންމާ އަދާކުރެއްވީމައި ބޮޑެތި ޓާމިނަލް ތައް ފެންނާނެ ކަމަށެވެ. މީގެ އިތުރުން ޤައުމަށް އަންނަމުންދާ އެކި އެކި ތަރައްޤީތައް ރައީސަކު ޒިންމާ ނަންގަވައިފި ނަމަ ފެންނާނެކަމަށެވެ.

ރައިސުލް ޖުމުހުރިއްޔާއަކު ރަނގަޅަށް ޒިންމާ އަދާކުރެއްވީމާ މިވާގޮތަކީ 5000 އަށް ބޮލަކަށްޖެހޭ އާމްދަނީ ގާތްގަނަޑަކަށް 13000 އަށް ބަދަރުވެގެން ދާނޭ، ފަސް އަހަރުގެ ދައުރެއްގައި، ހަަމައެހެންމެ ރައިސުލް ޖުމުހުރިއްޔާއަކު ޒިންމާއަދާކުރެއްވީމަ ފެެންނާނެ ބޮޑެތި ޓާމިނަލް ތައް، ކޯޑެފް ރަންވޭ ފެންނާނެ، ހުޅުމާލެ ފޭސް2 ހިޔާާޓަވަރު، ހަމައެހެންމެ އައްޑު އަތޮޅު ގަމުގަ ރަންވޭ ބޮޑުވެގެން ދިޔުން އަދި ދައުރު ނިންމާއިރު ގާތްގަނަޑަކަށް ބިލިއަނެންހާ ޑޮލަރު އެމްއެމްއޭގަ އެކައުންޓުގަވެސް ހުންނާނެ މީއެ ޒިންމާ އަދާކުރީމަ.،

- މަލީހް

މަލީހް ވިދާޅުވަނީ އެބޭފުޅާގެ ނަޒަރުގައި ރައިީސް ކަމުގައި ހުންނަވާއިގެން ރައީސް ޑރ މުއިއްޒު ވެސް ޒިންމާއަދާކޮށްފި ކަމުގަ އެވެ.

އެމަނިކުފާނު ޒިންމާ އަދާކުރުމުގެ ގޮތުން މުލިޔާގޭގައި ކަރޯކޭ ރޫމްއެއް ހައްދަވާ ކަރޯކޭ ކުޅުއްވާ ކަމަށާއި، މާލެއާއި އާރަަށާއި ޑެތެރޭގައި 450 އަށްވުރެ ގިނަ ދަތުރު ރައްޔިތުންގެ ފައިސާއިން ތެޔޮއަޅައިގެން މިވީ 17 މަސްދުވަސްތެރޭ ކޮށްފައި ޥާކަމަށާއި ދިވެހި ރައްޔިތުންނަށް ޑޮލަރުގެ ދަތިކަން ކުރިމަތި ވެފައި ވާއިރު ރައީސް ގެ އަނބިކަބަލުން ސާޖިދާ ޑޮލަރު ކޮޅު ހިއްޕަވައިގެން ދުބާއިއަށް ގޮސް ފައިވަނީވެސް ހަމަ އެޒިންމާގެ ދަށުން ކަމުގައި އެބޭފުޅާ ވިދާޅުވި އެެވެ.

ރަސްމާލެ ޓަނަލް އާއި، ރަސްމާލެ އިކޯސިޓީއެއް ގޮތުގައި ނިމިފައި ވާކަމުގެ ހެކި ދާދިފަހުން ކުޅުދުފުށީ ރައްޔިތުން ދައްކާފައި ވާކަމަށް ވެސް އެބޭފުޅާވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒުގެ ޒިންމާ ނުފެނުނުނަމަވެސް އެރޫހާނީ ޒިންމާ އަޅުގަނޑުމެންނަށް ފެންނަކަމުގައި މަލީހު ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved