

ސަހްޔޫނީންނާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވެސް އެންމެ ފަހުން ވަދެ، އީރާނުގެ ނިއުކްލިޔާ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދޭން ފަށައިފި އެވެ.
މި ވައިގެ ހަމަލާތަކަކީ އެމެރިކާއިން އީރާނަށް ސީދާ އަސްކަރީ ހަމަލާއެއް ދިން ފުރަތަމަ ފަހަރު ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން މި މަހުގެ 13 ވަނަ ދުވަހު ފެށުނު އީރާނާއި ސަހްޔޫނީންނާއި ދެމެދު ހިނގާ އަސްކަރީ ހަމަލާ އިތުރަށް ގޯސްވެގެން ދާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުވި އެވެ.
ފޯޑޯ، ނަޓަންޒް، އަދި އެސްފަހާން ހިމެނޭ ގޮތަށް އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ދިން ވަރަށް ކާމިޔާބު ހަމަލާތަކެއް އަޅުގަނޑުމެން މިވަނީ ނިންމާފައި. ނިއުކްލިއާ މައި މަރުކަޒު، ފޯޑޯއަށް ވާނީ ބޮން އަޅާފައި، ހުރިހާ ބޯޓެއް ވެސް މިހާރު ވަނީ ސަލާމަތުން ގައުމަށް އައުމުގެ މަގުމަތީގައި.
އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އެމެރިކާގެ މި ހަމަލާތަކުގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް އިރާނުން ބުނެފައި ވަނީ ރައްދު ހަމަލާ ދޭނެ ކަމަށެވެ. އިރާނުން މިހާތަނަށް އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ދިފާއީ ފަހުރެއްގެ ގޮތުގައި ދައްކަމުން ދިޔަ "އަޔަން ޑޯމް"ތައް ފޫއަޅުވާލައި، ގިނަ ހަމަލާތަކެއް ސަހްޔޫނޫންނަށް ދީފައިވެ އެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ ހަނގުރާމައިގެ "ފެށުން" ކަމަށް ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތް، ޙޫޘީންވެސް ވަނީ ބުނެފައެވެ.