

ސަހްޔޫނީންނާއި އިރާންގެ ހަނގުރާމަ ހޫނުވެ، ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށް، ޔަހޫދީންގެ ދިފާއުގައި އެމެރިކާ ނުކުމެ މިއަދު އިރާނަށް ބޮމުގެ ހަމަލާތަކެއް ދިނުމަކީ ގާނޫނާ ހިލާފު އަދި ޖިނާއީ ކުށެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު, އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެމެރިކާގެ ޖެޓްތަކަކުން އިރާނާގެ ތިން ނިއު ކްލިއާ ސައިޓަކަށް ބޮން އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯޑޯ ނިއުކްލިއާ މަރުކަޒު ވެސް ހިމެނެ އެވެ.
މިއެކަން ކާމިޔާބީއެެއްގެ ގޮތުގައި ފާހަގަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އިރާނަށް ބޮން އެޅުމަށް ފަހު، އެމެރިކާގެ ޖެޓްތައް އިރާނުގެ ވައިގެ ސަރަހައްދުން މިހާރު ނުކުމެފައިވާ ކަމަށެވެ.
އަރަޣުޗީ ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ އެމެރިކާއިން އީރާނަސް ދިން ހަމަލާއަކީ އދ.ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
މިއަދު ހެނދުނު ހިނގާ ކަންތައްތަކަކީ ރުޅިވެރިކަމާ އެކު ދާއިމީ ނަތީޖާތަކެއް ކުރިމަތިވާނެ ކަންތައްތަކެއް. މި އިންތިހާއަށް ނުރައްކާތެރި، ގާނޫނާ ހިލާފު އަދި ޖިނާއީ ކުށެއް. އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އދ. ގެ ކޮންމެ މެންބަރަކު ވެސް ސަމާލުވެތިބެން ޖެހޭނެ.
އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ. އެމެރިކާގެ މި ހަމަލާތަކުގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ސަހްޔޫނީންނާއި ބައިއަތު ހިފައި، އެމެރިކާ އިން ވެސް ހަމަލާދޭން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފަ އެވެ.
ސަހްޔޫނީން ތުމަތުކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ. އީރާނުން ނިއުކުލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ހުޅަނގާއި ސަހްޔޫނީން ބުނާބުނުން އެ ގައުމުން ދޮގުކުރެ އެވެ.