theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަހްޔޫނީންގެ އެއަރޕޯޓް / ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
އިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކެއް ސަހްޔޫނީންއަށް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
22 ޖޫން 2025
މާލެ ސިޓީ

ސަހްޔޫނީއާއި އިރާން އާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތައް ދޭން ފެށުމާއެކު އިރާނުން ސަހްޔޫނބީންއަށް ދެމުންދިޔަ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ރެއާއި މިއަދު ގެ ހެނދުނުގެ ވަގުތެއްގައި އެމެރިކާއިން އިރާނަށް ހަމަލާތަކެއް ދީފައި ވެއެވެ. މިހަމަލާގައި އިރާނުގެ ނިއުކްލިޔާ ތިން ފެސިލިޓީއަކަށް އަމާޒުވާހެން ހަމަލާތަކެއް ދީފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހަމަލާ ތަކުގެ ރައްދުގައި އިރާނުން މިއަދު ހެނދުނު ހަމަލާތަކެއް ފަށައި ފައި ވެއެވެ. އެހެންކަމުން އއިރާނުގެ މިހަމަލާތައް އަމާޒުވެފައި ވަނީ ސަހްޔޫނީންގެ ވެރިރަށް ޓެލް އަވީވަށް އަދި އައްސޭރި ސިޓީ ހައިފާއަށެވެ. ސަހްޔޫނީންގެ މައި އެއާޕޯޓު ބެން ގުރޯން އަށް ވެސް އިރާނުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ސަހްޔޫނީންގެ މައި އެއާޕޯޓު ބެން ގުރޯން އަށް ވެސް އިރާނުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

މިހަމާލާގައި ސަހްޔޫނީންގެ ވައިގެ ސަރަހައްދު ބަންދުކޮށް އެ ދައުލަތުގެ ގިނަ އެއާލައިންތަކުން ވަނީ ކުރިއަށް އޮތް ހަފުތާއަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފަ އެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި ގިނަ އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށްފައިވަނީ ޖޫން 27، އާ ހަމައަށެވެ.

ސަހްޔޫނީންގެ އިތުރުން އިރާނުގެ ވައިގެ ސަރަހައްދު ވެސް އޮތި ބަންދުކޮށްފަ އެވެ. ގިނަ އެއާލައިންތަކުން ދަނީ މެދު އިރުމަތީގެ ބޮޑު ސަރަހައްދެއް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފަ އެވެ.

މި މަހުގެ 13، ވަނަދުވަހު ސަހްޔޫނީންއިން އިސްވެ އިރާނަށް ހަމަލާދިނީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ކަމަށް ބުނެ އެވެ. އެކަން އިރާނުން ދޮގުކޮށްފައި ވެއެވެ.

އިރާނުން ސަހްޔޫނީން އަށް ދީފައި ވާ މިއަދުގެ ހަމަލާތަކުންވެސް ސަހްޔޫނީންގެ 10 ހިސާބަކަށް ގެއްލުން ދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved