theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ. / އޭއެފްޕީ
ދުނިޔެ
ދުޝްމަނުންނާއި ދެކޮޅަށް ބަދަލު ހިފުން ކުރިއަށް ދާނެ: ހާމަނާއީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޖޫން 2025
މާލެ ސިޓީ

އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކާއި ޖޫން މަހުގެ 22ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުން ކުރިއަށް ގެންދާނެ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

ބިންގަރާސްތައް ފޫއަޅުވާލެވޭ، ބަރުމިނުގައި 30،000 ޕައުންޑު ހުންނަ ބާރުގަދަ ބޮންތައް އަޅައި، އީރަނުގެ އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔާ މަރުކަޒުތަކަށް އެމެރިކާއިން ޙާމަލާ ދިނީ އެ ގޮތަށް ޢަމަލު ނުކުރުމަށް ޤައުމުތަކުން ގޮވައިލަމުން ދަނިކޮށެވެ.

އެ ޙަމަލާއަށްފަހު އީރާނުން ވަނީ ގައުމުގެ ދިފާޢުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހާމަނާއީ ވިދަޅުވީ "ޒަޔަނިސްޓް ދުޝްމަނުންނާ" ދެކޮޅަށް ބަދަލު ހިފުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެމެރިކާގެ ފަރާތުން ފަހަކަށްއައިސް ކުރެވުނު އަދާވާތްތެރި ޢަމަލުތަކުން އީރާނުގެ ހަތިޔާރުއެޅި ބާރުތަކަށް ޝަރުޢީ ޓާގެޓްތަކުގެ ދާއިރާ ފުޅާވެފައިވާކަމަށް އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއޯޓަރޒްގެ ސްޕޯކްސްޕާސަން ވެސް ވަނީ ވިދާޅުވެފައި އެވެ.

ސަހްޔޫނީންނާއި ބައިއަތު ހިފައި، އެމެރިކާ އިން ވެސް ހަމަލާދޭން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފަ އެވެ.

އެގޮތުން އިއްޔެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގެ ގޮތުގައި އެމެރިކާއާއި ސަހްޔޫނީން ހީނުކުރާވަރުގެ ހަމަލާއެއް ދޭނެކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖިސީ)ން އިން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

މި ވަގުތު ހުޅަނގަށް ގެއްލުން ދިނުމަށް އީރާނަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކީ އީރާނާއި އުމާނާއި އެކުވެރި އަރަބި އިމާރާތުން ހިއްސާ ކުރާ މަޟީގު ހުރްމުޒު ނުވަތަ ސްޓްރެއިޓް އޮފް ހުރްމުޒް ބަންދު ކުރުމެވެ. އެ ގޮތަށް އަމަލު ކުރުމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ އުޅަނދުތަކުގެ ހަތަރުބައި ކުޅަ އެއްބައި މި ސަރަޙައްދު ހުރަސްކުރެ އެވެ. މި ސަރަހައްދު ބަންދު ކުރުމަށް އީރާނުގެ އެންމެ މަތީ ސަލާމަތީ މަޖިލީހުގެ ހުއްދަ ބޭނުންވާނެ އެވެ. މިކަން ކުރުމަށް ވެސް އީރާން ފަސް ނުޖެހޭނެ ކަމަށް މެދިއިރުމަތި ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ސަހްޔޫނީން ތުމަތުކުރާ ގޮތުގައި އީރާންގައި އެތައް ސަތޭކަ ފޫޓު އަޑީގައި ނިއުކުލިއާ ބޮން ދަނީ އުފައްދަމުންނެވެ. އީރާނުން ނިއުކުލިޔާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ހުޅަނގާއި ސަހްޔޫނީން ބުނާބުނުން އެ ގައުމުން ދޮގުކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved