April 22, 2026
Advertisement
ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ
ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ / ޓްވިޓަރ

އެމެރިކާއިން އިރާނަށް ދިން ހަމަލާ ތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ދީފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 23, 2025, 09:34 PM
މާލެ ސިޓީ

އެމެރިކާއިން އިރާނަށް ދިން ހަމަލާ ތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުގެ ހަތަމް އަލް-އަންބިޔާ ޔުނިޓްގެ ތަރުޖަމާނު ކާނަލް އިބްރާހިމް ޒުލްފަގާރީ ދީފިއެވެ.

Advertisement

އެބޭފުޅާ މިއިންޒާރު ދީފައިވަނީ އެމެރިކާއިން އިރާނުގެ ތިން ބޮޑު ނިއުކްލިއާ ފެސިލިޓީއަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ކާނަލް ޒުލްފަގާރީ ބުނެފައިވަނީ އެމެރިކާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި މިހަމަލާތަކާއި ގުޅިގެން ނުރައްކާތެރި ނަތީޖާތަކާ އެމެރިކާއަށް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ކާނަލް ޒުލްފަގާރީ ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ ސަހްޔޫނީން އަށްޓާކައި އެމެރިކާއިން ދެމުން ދާ ހަމަލާ ތަކެއް ކަމަށެވެ.މީގެ އިތުރުން އޭނާ ބުނެފައި ވަނީ މި ހަމަލާތަކަކީ އިރާނުގެ ސަރަހައްދީ ހައިބަތަށް ސީދާ އަރައިގަތުމެއްކަމުގައެވެ.

އަދި މީގެ އިތުރުން އެމެރިކާގެ މި ހަމަލާއިން އިރާނަށް ލިބިފައި ވަނީ އިތުރު ހިއްވަރެއް ކަމަށާާއި، މީގެ ބަދަލުގައި ނުރައްކާތެރި ނަތީޖާއެއް އެމެރިކާ ކުރިމަތި ލާންޖެހިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

އެމެރިކާ މިހާރު މިވަނީ އިރާނާއި އެކު ސީދާ ހަނގުރާމައަކާ ކުރިމަތި ލާން ޖެހިފައި ކަމަށް ކާނަލް ޒުލްފަގާރީ ދެކެވަޑައި ގަންނަވައެވެ. ނަމަވެސް އެެމެރިކާގެ މިއަމަލަކީ މުޅި ސަރަހައްދުގައި ހަނގުރާމަ ފެތުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ވެއް އޭނާ ވިދާޅުވެފައި ވެއެވެ.

މިވާހަކަފުޅުގައި ކާނަލް ޒުލްފަގާރީ ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް އަލްއަންފާލްގެ އާޔަތެއް ކަމަށްވާ، "ﷲގެ ދުޝްމަނުންގެ ހިތްތަކަށް ބިރުގަންނަވާލުމަށްޓަކައި، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާ ވަރަކަށް ބާރު ޖަމާކުރާށޭ" މި އާޔަތުން ދަލީލު ނަންގަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved