

ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދުގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފިއެވެ.
ވީޑިއޯގަައި ފެެންްނަ ގޮތުގައި މިސައިލްތައް ދަނީ އުދުހެމުން ކަހަލަ ގޮތަކަށެވެ.
މިއާއެކު ކުވެއިތު، އިރާގު، އަދި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ތެރޭގައި ވައިގެ ހަމަލާތަކުގެ ސައިރެންސްތައް ވަނީ އެކްޓިވޭޓްވެފަައެވެ.
އިރާނުން ދިން ހަމަލާތަކުގެ ތެރެއިން ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް މިސައިލެއް ވެއްޓިފައިވެއެވެ.
މިހަމަލާއަށް ފަހު އީރާނުގެ ގައުމީ ސަލާމަތީ މަޖިލިހުން ހާމަކުރި ގޮތުގައި, ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުޑޭއިދު އަސްކަރީ މަރުކަޒަށް ދިން ހަމަލާ އިން އަޚުވަންތަ އަދި އެކުވެރި ގަތަރަށް ނުވަތަ ގަތަރުގެ ރައްޔިތުންނަށް ނުރައްކަލެއް ނޯންނާނެއެވެ. އަދި އިރާނުގެ އޮޕަޝަންތަކުން ގަތަރުގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނުވަތަ ގެލުމެއް ނުލިބޭނެވެ.