

އީރާނާއި ސަހްޔޫނީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ހަމަލާތައް މެދުކަނޑައިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އީރާނުން ސަހްޔޫނީންގެ ރަށްތަކަށް ނުރައްކާތެރި ހަމަލާތަކެއްދީ، ޔަހޫދީންގެ 11 މީހުން މަރައިލައިފި އެވެ.
މި ހަމަލާތައް އީރާނުން އަމާޒު ކޮށްފައި ވަނީ ސަހްޔޫނީން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިމެއް ކަމުގައިވާ ބިއުރު އަލް-ސަބައަށެވެ. އެއީ ސަހްޔޫނީން އަތްގަދަކޮށްފައިވާ ހިސާބުގެ ދެކުނުގައި އޮންނަ ރަށެކެވެ.
ބިއުރު އަލް-ސަބަޢަށް އީރާނުން ދީފައިވާ ހަމަލާތަަކުގައި ޔަހޫދީންގެ 20 މީހުން ޒަހަމުވި ކަމުގައި، ސަހްޔޫނީންގެ ސިއްހީ ދާއިރާގެ މަސްދަރުތަކުން ހާމަކުރި އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން ސަހްޔޫނީން އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށެވެ.
އީރާނުން އެ ހަމަލާ ދިނީ އެމެރިކާއިން މި މަހުގެ 21 ވަނަ ދުވަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދުގަ އެވެ.
ހުރިހާ ކަމެއް ވެސް ކުރިއަށްދާ ގޮތަށް، އެކަން ވާނެ ކަމަށް ހީކޮށް، އިސްރާއީލާއި އީރާނަށް ވެސް ތަހުނިޔާ ދަންނަވަން. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ހިތްވަރާއި ކުޅަދާނަކަން ލިބުމުން.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ އެއްބަސްވުމަކަށް އާދެއްވިޖެ ކަމަށް ޓްރަމްޕް ވިދާޅުވި ފަހުން އިސްރާއީލުން ހަމަލާއެއް ނުދޭނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ.