March 16, 2026
Advertisement
އޮޑިޓަރ ޖެނެރަލް އޮފީސް
އޮޑިޓަރ ޖެނެރަލް އޮފީސް / ޕީއެސްއެމް

ސަރުކާރުގެ 10 ކުންފުންޏެއްގެ މާލީބަޔާން އަދިވެސް ހުށަނާޅާ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 24, 2025, 10:46 PM
މާލެ ސިޓީ

ސަރުކާރު ކުންފުނިތައް އޮޑިޓު ކުރަން ބޭނުންވާ މާލީ ބަޔާންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ވެސް 10 ކުންފުންޏަކުން އެ ލިޔެކިޔުންތައް ހިއްސާކޮށްފައިނުވެއެވެ.

Advertisement

އޮޑިޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ 29 ކުންފުންޏެއް އޮޑިޓު ކުރަން ނިންމާފައިވާ އިރު އޭގެ ތެރެއިން ބޭނުންވާ ވަގުތަށް މިދިޔަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓު އޮފީހަށް ފޮނުވީ 16 ކުންފުންޏަކުން ކަމަށެވެ.

މާލީ ބަޔާންތައް ނުލިބުމާއި ގުޅިގެން އޮޑިޓު ވަގުތަށް ނިންމަން ހުރަސް ތަކެއް އެޅޭއޭ ކަމުގައި އެ އޮފީހުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން މާލީ ބަޔާންތައް ހޯދުމަށް ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އޮންނަ ތާރީހަށް އެ ބަޔާންތައް ދިނުމަށް ޕީސީބީން ކުންފުނިތަކަށް އަންގާފައިވާ ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

މިހާތަނަށް ޝާއިއުކޮށްފައިވަނީ ހަތަރު ކުންފުންޏެއްގެ އޮޑިޓު ރިޕޯޓެވެ. ރިޕޯޓިން ސްޓޭޖުގައި 6 ކުންފުންޏެއް އަދި ފީލްޑް ވޯކު ކުރަމުންދާ ހަތް ކުންފުންޏެއް ހިމެނޭ ކަމަށް އޮޑިޓު އޮފީހުން ހާމަ ކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved