ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ދިޔަވާން ފަށާފައިވަނީ ތިލަފުށިން މާލެއަށް ދަތުރު ކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:49 އެހާކަންހާއިރު ކަމަށެވެ.
ތިލަފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:49 ހާއިރު. pic.twitter.com/OuKOY7HAzY
— Maldives National Defence Force (@MNDF_Official) February 21, 2024
މި ރިޕޯޓް ލިބުމާއި އެކީ އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަނޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އަދި އެމްއެންޑީއެފުން އާންމު ކޮށްފައެއް ނުވެއެވެ.