

ދަތުރު ކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ގެއްލިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑަށެވެ.
މި ހާދިސާ ހިނގުމުން އޭގެން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެ ލޭންޑިން ކްރާފްޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް އަދި މި ހާދިސާގައި އެއްވެސް މީހަކު ގެއްލުނު ކަމެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެ އެވެ.