

ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.
ބަންޑާރަ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވެފައިވާކަމަށެވެ. ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން އިތުރަށް ބުނީ ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން 5 މީހަކު އެހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، 4 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔަ 5 މިހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި 3 ދިވެހިންނެވެ.
އެއިން ދަތުރު ކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލިއިރު، އޭގައި ތިބީ ކިތައް މީހުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ތަފްސީލް އަންނަނީ...