

ހުކުރު ދުވަސްތަކުގެ ހެނދުނު ބައެއް މަގުތަކުގައި އުޅަނދު ނުދުއްވޭ ގޮތް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި އެގޮތަށް ހުށަހަޅައިފައިވަނީ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ބުނެފައިވާގޮތުގައި، ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހެދުމަށެވެ.
ހުކުރުދުވަހުގެ ހެނދުނުކޮޅަށް އަމާޒުކޮށްގެން މި ނިންމުން ނިންމަވަނީ ހުކުރުދުވަހަކީ އާއިލީ ދުވަހަކަށްވެފައި ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އާޒިމުގެ ހުށަހެޅުމުގައި ވެއެވެ.
އާޒިމް ވިދާޅުވެފައިވާ ގޮތުގައި ހަފްތާގެ ހުރިހާދުވަހެއްހެން ކުދިންތަށް ތިބެންޖެހެނީ ކޮޓަރިތަކުގައި ބަންދުވެފައި ކަމަށާއި، އަދި މިޔާއި އެހު ކުރުރު ދުވަހުގެ އެގަޑިޔަކީ ޓްރެފިކްފްލޯ ވަރަށޤވެސް ނޯމަލް ގަޑިއަކަށޤ ވާތީ ވެހިކަލް ދުއްވާ ގިނަ ފަރާތް ތަކުން ދުއއްވަނީ ފުދޭވަރަކަށް ބާރަށް ކަމަށެވެ.އެހެންކަމުން އެފަދަ ގަޑިތަކުގައި ބައެއް މަގުތަށް ބަންދު ކޮއްލުން ރައްކާތެރިވާނެ ކަމަށެވެ. މިފިޔަވަޅުގެ ފަބަބުން އެގަޑީގައި ކުދިންނާއި އެކު ނުކުމެލާ ފަރާތްތަކަށޤ ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
އާޒިމްމް ގެ މިހުށަހެޅުމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ފާތިމަތު ނަހުލާ ދެބަސް ވެފައިވެ އެވެ. ނަހުލާ ވިދާޅުވީ ކޮންމެ ހުކުރު ދުވަހެއްގައި ބަންދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ. ނަހުލާ ހުށަހެޅުއްވީ ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއް އެކަމަށް ކަނޑައެޅުމަށެވެ.
ކައުންސިލަރުންގެ މަޝްވަރާގެ އަލީގައި ސިޓި ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ.