theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޭންޑިންގް ކްރާފްޓު-- / އެމްއެންޑީއެފް
ހަބަރު
ބަންޑުންޖަހާލި ލޭންޑިން ކްރާފްޓްގައި ނިޔާވެފައިވަނީ ސިފައިންގެ މީހެއް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 ޖޫން 2025
މާލެ ސިޓީ

ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިވެކްގެ ލޭންޑިން ކްރާފްޓެއް، ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ސިވެކްގެ "އެލްސީ 308 މި ލޭންޑިން ކްރާފްޓް ފުރާފައިވަނީ މާލެއިން ޅ. އަތޮޅަށެވެ. އަދި ކްރާފްޓުން ހަ މީހުން ދަތުރުކުރި ކަމަށާއި،އެއީ ތިން ސިފައިންނާއި ބަންގްލްދޭޝްއަށް ނިސްބަތްވާ ތިން މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު ހެނދުނު 10:30 ހާއިރު އެ އުޅަނދު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.

އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދެ މީހުން ގެއްލުނު ކަމަށޤ އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކު ފެނުނުއިރު، އޭނާ ވަނީ ނިޔާވެފައެވެ. އޭނާގެ ހަށިގަނޑު ހޯދާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުންނެެވެ.

ނިޔާވެފައި ވަނީ ވޮރަންޓް އޮފިސަރ 2 އަލީ ހާމިދެވެ.

މި ހާދިސާގައި ސަލާމަތް ކުރި ފަރާތްތަކަށް މިހާރުދަނީ ނަައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ.

އޮފިސަރ ހާމިދު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved