theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ތިނަދޫ ކައުންސިލް މެންބަރުން / މިހާރު
ހަބަރު
ތިނަދޫ ކައުންސިލްގެ އިތުރުން މޭޔަރާއި މެދު ފިޔަވަޅު އަޅައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 ޖޫން 2025
މާލެ ސިޓީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

މޭޔަރާއި މެދު ފިޔަވަޅު އަޅައިފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާއި ކައުންސިލްގެ ކަންކަން ހިނގަމުުންދާ ގޮތްތަށް ބަލާ ކަށަވަރު ކުރުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށް ވީއިރު އެ ޒިންމާ އަދާނުކުރައްވާތީއެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ މައްސަލާގައި އިންކުއަރީ ހެދުމަށް މިދިޔަ މާރޗު މަހު އެލްޖީއޭގެ ޓީމެއް ތިނަދު އަށް ގޮސް ފައިވެއެވެ.

އެ ޓީމުން ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް ބަޔާން ނަގައި ލިޔެކިޔުންތައް ކައުންސިލުން ހޯދައިފަ އެވެ. އަދި އެ ފަރާތުންކުރި އިންކުއަރީ އަށް ފަހު ކައުންސިލަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ކައުންސިލުން ޖަވާބުދާރީ ވެފައި ވާކަން ފާހަނގަކޮށްފައިވެއެވެ.

މި އިންކުއަރީ އަކީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ބާއްވާފައިވާ އިންކުއަރީއެކެވެ.

މީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮއްފައިވާ ކަމަށް ބުނެފައި ވާތީ އެމައްސަލަތަކަށެވެ.

އެހެންކަމުން އެލްޖީއޭގެ އިންކުއަރީގައި އެ އިދާރާގެ 17 މައްސަލައެއް ފާހަނގަ ކުރެވިފައިވެއެެވެ. އޭގެ ތެރޭގައި ފާހަނގަ ކޮއްލެވޭ ބައެއް ކަންތައްތަކަކީ، ކައުންސިލަން ފޮނުވާ ސިޓީތކަށް ޖަވާބުދާރީ ނުވެ ފޮނުވާލާ މައްސަލަ ތަކާއި ތިނަދޫއިންއެހެން ރަށަކަށް ރައްވެހިކަން ބަދަލުކުރަން އެދޭ ފަރާތް ތަކުން 5000ރ ގެ ފީއެއް ދައްކަން ޖެހުމާއި، އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވުމާއި އަދި މީގެ އިތުރުން އަތޮޅު ކައުންސިލްގެ އެންގުންތަކަށް ކިޔަމަން ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދޭކަން ވެސް ފާހަގަ ކޮއްފައިވެއެވެ.

ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިޔަސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކައުންސިލުގެ ރައީސް އާއި މެމްބަރުން ނަގައިފައި ވާކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް މޭޔަރު އަމަަލު ކޮށްފައިވާތީ ތިން މަސް ދުވަހުގެ މުއްދަތަކަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭނެހެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުކޮށްފައި ވާކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

މޭޔަރުގެ އިތުރުން ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް ވަނީ އެ ގާނޫނާ ހިލާފުވުމުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

މީގެއިތުރުން މިމައްސަލާގައި ތިނަދޫގެ ކައުންސިލަރުން، މެމްބަރު އަހުމަދު ވަހީދާއި މެމްބަރު އައިމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަން އަށްވެސް ނަސޭހަތްތެރިވެ ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ނިންމައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?