theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ / ތޭރަގްރެފިކްސް
ދުނިޔެ
ޚާމަނާއީ ވިދާޅުވީ އިރާނުން އެމެރިކާގެ ކަންކަށީމަތީ ޖަހައިފިން ކަމަށް!
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖޫން 2025
މާލެ ސިޓީ

އިރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުގައި އެ ގައުމުން ވަނީ އެމެރިކާގެ ކަންކަށީމަތީ ޖަހާފައި ކަމަށް އިރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާތައް ދިން ފަހުން އީރާނުގެ ރައްޔިތުންނާ ޚާމަނާއީގެ ވީޑިއޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށް ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އެ ހަމަލާއިން އެ ޕްރޮގްރާމް މުޅިން ނައްތާލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވާ ވިދާޅުވުމުގައި ހަގީގަތެއް ނެތް ކަމަށް ވެސް ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީ އިތުރަށް ވިދާޅުވީ، އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅީ ކޮންމެހެން އީރާނުގެ ނިއުކްލިއަރ މައްސަލައަކަށް ނުވަތަ  ޔޫރޭނިއަމް ފައްކާކުރުމާ ދެކޮޅަކަށް ވެސް ނޫން ކަމަށެވެ. އެމެރިކާގެ ހުރިހާ ވެސް ބޭނުމަކީ އިރާން ލައްވާ އަމާން ދިނުވުން ކަމަށާ ނަމަވެސް އަމާން ދިނުމަކީ އީރާނުގެ ބަސްކޮށާރުގައި ހިމެނޭ ލަފުޒެއް ނޫން ކަމަށް ވެސް ޚާމަނާއީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮލަޑް ޓްރަންމަޕަށް ފާޑުވިދާޅުވަމުން ޚާމަނާއީ ވިފާޅުވެފައިވަނީ، އީރާނުން އަމާންދިނުމަށް އެމެރިކާގެ ރައީސް ޓުރަމްޕް ގޮވާލެއްވި އިރު އެއީ އެމެރިކާގެ ރައީސްގެ އަނގަޔަށް މާ ބޮޑު ލަފުޒެއް ކަމަށެވެ.

އެމެރިކާގެ ހަމަލާއިން ނަތީޖާއެއް ނުނިކުތުމުގެ މައްޗަށް އަލި އަޅުވާލއްވާ ޚާމަނާއީ ވިދާޅުވީ ޓްރަންމްޕު ވާހަކަދައްކަނީ ކަން އޮތްގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށެވެ. އެގޮތުން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ދިން ހަމަލާތަކުން ފާހަގަކޮށްލެވޭނެ ފަދަ މާ ބޮޑު ނަތީޖާއެއް ނުނިކުންނަކަން ފާހަގަކުރައްވާ ޚާމަނާއީ ވިދާޅުވީ، އީރާނުން ވަނީ އެމެރިކާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް ޖަހާފައި ކަމަށެވެ. ބެލެވޭ ގޮތުގައި ޚާމަނާއީ އިޝާރަތްކުރެއްވީ ގަތަރުގައި އޮތް އެެމެރިކާގެ އަސްކަރީ މަރުކަޒަަށް އަމާޒުކޮށް އީރާނުން ދިން ހަމަލާއަށެވެ.

ހާމަނާއީގެ ވީޑިއޯ މި މެސެޖްގައި އީރާނުގެ 90 މިލިއަން މީހުން ދެއްކި އެއްބައިވަންތަކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ. އަދި އިޒުރޭލުގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ކަމަށް، ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved