

އެކި ދުވަސް މަތިން ވިއްސާރަ ކުރާނެ ކަމަށާ ވޗިއްސާރަ އަލި ކުރާނެ ދުވަހެއް ނޭނގޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އިން ހާމަކުރާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާ ހުޅަނގު މޫސުން ކަމުން އެކި ދުވަސް މަތިން ވިއްސާރަ ކުރަމުން ދާނެ ކަމަށެވެ. އަދި ވިއްސާރަ އަލިވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ބޯކޮށް ވާރޭ ވެހި މޫސުން ގޯސް ވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ހާމަކުރި ގޮތުގައި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވި ނަމަވެސް އާންމު ގޮތެއްގައި ވައި ޖެހޭނީ 10 މޭލާއި 20 މޭލު ދެމެދުގެ ބާރު މިނުގައި ކަމަށެވެ.
މެޓުން ހާމަކުރި ގޮތުގައި އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވަިއގަދަވުން އެކަށީގެންވާއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
ރާޅުގެ އުސްމިން 4 - 6 ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރާއިރު، ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.