theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައިސްތު ހަފީޒު / ތޭރަގްރެފިކްސް
ހަބަރު
އައްޔަކަސް އަނދިރިޔަކަސް ރަގަޅޭ ކިޔާ ނުހުރެވޭނެ: އައިޝަތު ހަފީޒު
Mariyam Isaadha
މަރިޔަމް އިސާދާ
26 ޖޫން 2025
މާލެ ސިޓީ

ގައުމުގެ ކަންކަން ނުރަގަޅު މަގުން ހިނގާ ނަމަ، ގައުމަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ހަނު ނުހުރެވޭނެ ކަމަށް ތައުލީމީ ދާއިރާގައި ގައުމަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވާފައިވާ އަލްފާޟިލާ އައިޝަތު ހަފީޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އޯޑިއެންސްގައި އިންނަވާ، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އައިސްތު ވަނީ ގައުމު އިގްތިސޯދީ ގޮތުން އިނދަ ޖެހުމެންދާއިރުވެސް ސަރުކާރުން ޚަރަދު ކުޑަނުކުރާތީ އެކަމާ މެދު ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން މިސާލެއްގެ ގޮތުގައި އައިސްތު ނެންގެވީ އަތޮޅު ތެރޭގެ ކަންކަން ބެލެހެއްޓުމުގެ ނަމުގައި ވުޒާރާއެއް ގާއިމުކޮށް އަދި އެލްޖީއޭވެސް ވުޖޫދުގައި ބާއްވަވާ ދެ މުއައްސަސާއަށްވެސް ދައުލަތުން ޚަރަދު ކުރުމެވެ. އައިސްތު ވިދާޅުވި ގޮތުގައި އެއީ ދައުލަތުގެ ރިސޯސު ޑުޕްލިކޭޓު ކުރުމުގެ ގޮތުގައެވެ.

އިންތިގާލީ ސަރުކާރުގެ މަރުހަލާގައި އިގްތިސޯދުގެ ހާލަތު މި ބޭފުޅުންނަށް އނެގޭ. ނުދެއްކި ބިލެއް އޮތަސް އެ މައުލޫމާތުވެސް މި ބޭފުޅުންނަށް ލިބިފައި އޮތީ. ނަމަވެސް ސަރުކާރު އުފެދިގެން އައިއިރުގައި އަތޮޅުތެރޭ ކަންތައްތައް ބަލަން މިނިސްޓްރީއެއް އުފައްދާފައި އެލްޖީއޭ ކިޔާ ތަނެއް އަދި އުފެއްދީމާ މިއީ އަޅުގަޑުމެންގެ އެހާ ދެރަކޮށް އޮތް އިގްތިސޯދެއް، ރިސޯސު ޑުޕްލިކޭޓު ވީ ނުންތޯ. ކަރަދު ޑަބަލވީ ނޫންތޯ. ދެ ތަނުގައިވެސް މުވައްޒަފުން ތިބޭނެ ޚަރަދު ކުރަން ވެސް ޖެހޭނެ. އެހެންވީމާ އައްޔަކަސް އަނދިރިޔަކަސް މަށަށް ރަނގަޅޭ ބުނެ ހުންނަން، ދައުލަތަށް 37 އަހަރު ޚިދުމަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޟަމީރު ގަބޫލު ނުކުރޭ

- އައިސްތު ހަފީޒު ވިދާޅުވިއެވެ

އައިސްތު ވަނީ ސްރީލަންކާއަށް ވެސް އިގްތިސޯދީ ބޮޑު ކާރިސާއަކާ ކުރިމަތިވެ ގައުމު ޑިފޯލްޓަކަށް ދިއުމުން އެ ގައުމުގެ ވެރިން ގައުމާ މެދު ވިސްނަވާ ޚަރަދުތައް ކުޑަކޮށް ގައުމުގެ އިގްތިސޯދު ރަނގަޅު ކުރިކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް މިއަދު މި ގައުމުގެ ވެރިންގެ ކިބައިގައި އެފަދަ ވިސްނުމެއް ނެތް ކަމަށާ ގައުމާ މެދު އެ ބޭފުޅުންގެ ކުޑަ ނަމަވެސް ފިކުރެއް އޮތްކަމަށް އެބޭފުޅުންގެ އަމަލުން ނުފެންނަ ކަމަށް އައިސްތު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved