March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މިސަރުކާރުން ހިންގަނީ ހުސް ސްކޭމް: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 27, 2025, 03:58 AM
މާލެ ސިޓީ

މިސަރުކާރުން ހިންގަމުން ދަނީ ހައްތަހާވެސް ސްކޭމް ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެެވެ.

Advertisement

ޕީއެންއެފް ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޥާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސްކޭމަކީ ފައިސާގެ މައްސަލައިގައި އުފައްދާ ޕޮލިސީ ސްކީމް ތއް އެކަނި ނޫން ކަމަށެވެ. މިސަރުކާރުން ރައްޔިތުންނާ ގުޅުން ހުރި ހުރިހާ މައްސަލަތަކާއި ރައްޔިތުންނަށް ކޮށްދޭން ބުނެފައިވާ ހުރިހާ ޕްރޮޖެކްޓްތަކަކީ ވެސް ނުނިންމާ ސްކޭމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެގޮތުން ގްރީން ބިލްޑިންގް އަންދާލުމަކީވެސް ރައްޔިތުންނަށް އެތައްކަމެއް އޮޅުވާލުމަށްޓަކައި ސަރުކާރުން ޖެއްސި ބޮޑު ސްކޭމް އެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެކަނި މިއުޅެނީކީ ފައިސާގެ މައްސަލަތަކުގައި ސްކޭމްތަކެއް އުފެދިގެން ޕޮލިސީ ސްކީމްތަކެއް ނޫން ސްކޭމްއަށް ވެގެން މިއުޅެނީ، ހަމަ މިބޭފުޅުންނާއި ގުޅުން ހުރި ހުރިހާ ބޮޑެތި މައްސަލަތައް ރައްޔިތުންނަށް ކޮށްދޭން ބުނި ހުރިހާ ކަންތައްތަކެއްގައި އެންމެ ފަހުން ދޮގު ހަދަމުން ހަދަމުން ގޮސް އެއިން ނުނެއްޓެވުނީމަ ދެންހަމަ ސްކޭމަކަށް ބަދަލުވާހެން ކޮންމެ ކަމެއް ބަދަލުވެގެން މިދަނީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ފޯޅަވައްސާއި ފޯޅަވެހީގެ ކަނޑުގެ މައްސަލައަކީ ވެސް ހަމަ އެފަދައިން ދިވެހިރާއްޖެ ޖެހިފައިވާ ސްކޭމްއެއް ކަމަށެވެ. އެކަނޑު ގެއްލުވާލާ އެ ކަނޑަށް ކްލެއިމް ނުކުރަންވީ ސަބަބެއް އޮންނާނެ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައި އައުންވެސް މިއީ ހަމަ ސްކޭމްއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved