April 3, 2026
Advertisement
ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފައިލް ފޮޓޯ
ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފައިލް ފޮޓޯ / ޕީޕީއެމް

ކުދި ވިޔަފާރި ތަކަށް މުއިއްޒުގެ ވައުދު؛ ކުޑަ އަގެއްގައި އޮފީސް ޖާގަ ލިބޭނެ އިމާރާތެއް ދިނުން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 27, 2025, 08:53 PM
މާލެ ސިޓީ

ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން ފުރުސަތުތައް ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް މިހެން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު މިއަދު ކުދި ވިޔަފާރިތައް ކުރި އަރުވާނެ ކަމަށް ވިދާޅުވިއިރު އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ވީ ވައުދުތައް ހުރީ ވެރިކަމަށް 18 މަސް ވީއުރު ވެސް ނުފުއްދަވަ އެވެ.

އަލަށް ފަށައިގަންނަ ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށް ކުޑަ އަގެއްގައި އޮފީސް ޖާގަ ކުއްޔަށް ހިފޭނެ އިމާރާތެއް މާލޭ ސަރަހައްދުގައި ހަދަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ގޮތުގައި ރައްރަށަށް ވަޑައިގެން ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

އެގޮތުން ށ. ފުނަދޫގައި 17 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އަލަށް ފަށައިގަންނަން ބޭނުންވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް، ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މަސައްކަތް ކުރާނެ އޮފީސް ޖާގައެއް ކުޑަ އަގެއްގައި ނުލިބުން ކަމަށެވެ.

އެކަމަށް އޭނާގެ ވެރިކަމެއްގައި ހައްލު ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

އަލަށް ފަށައިގަންނަ ކުދި ވިޔަފާރިތަކަށް މަސައްކަތް ފުޅާނުކުރެވޭ މައިގަނޑު ސަބަބަކީ ބޮޑު އަގުގައި އަމިއްލަ މީހުންގެ ގެދޮރުން އެ ޕާޓުމަންޓެއް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވެރިކަމުގައި ކުދި ވިޔަފާޜި ކުރަން އަޅައިދޭ އޮފީސް އިމާރާތުން އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވާ ޒުވާނުންނާއި، އަންހެނުންނަށް އަދި ހުރިހާ އުމުރު ފުރާއަކަށް ބޭނުންވާ އޮފީސް ޖާގަ އެތަނުން ލިބޭނެ ކަމަށާއި އެ އިމާރާތުގައި ކެފޭ ފަދަ ތަންތަން ވެސް ހުންނާނެ ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅަނީ. ފުރަތަމަ ފަށައިގަންނައިރު މާލޭ ސަރަހައްދުގައި. ދެން ފަހުން އެހެން އާބަން ރީޖަންތަކަށް ފުޅާކުރާނަން. ކުދި ވިޔަފާރިތަކަށް އޮފީސް ޖާގަ ލުއި އަގެއްގައި ކުއްޔަށް ހިފޭނެ އިމާރާތެއް އަޅުގަނޑުމެން ގާއިމުކޮށްދޭނަން،

މުއިއްޒު

މުއިއްޒު ވިދާޅުވީ އެ އިމާރާތް ވާނީ ޕައިލޮޓް މަޝްރޫއަކަށް ކަމަށެވެ. އޭގެން ލިބޭ ކާމިޔާބީއަށް ބަލައި އެހެން ސަރަހައްދުތަކަށް އެކަން ފުޅާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ އޭނާގެ ވެރިކަމެއްގައި އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްލޭންގެ ތެރޭގައި ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ނަމަވެސް ވެރިކަމަށް 18 މަސް ފުރި މުއިއްޒުގެ ދައުރުގައި ދެ ވަނަަ ފަހަރަށް މިއަދު މި ފާހަގަކުރަނީ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހެވެ. ކުރިން ވީ ވައުދުތައް ނުފުއްދަވާ މިއަދު އެ ވިދާޅުވަނީ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މިއަދު މިފަދައިން ވިދާޅުވުމުން ކުދި ވިޔަފާރުތަކުގައި އުޅުއްވާ ޒުވާނުން މިއަދު ބުނަނީ މުއިއްޒު ދައްކަވާ ވާހަކަ ދެއުޅިއެއް ނުވާ ކަމަށާއި މިއަދު ތިޔަ ކުރައްވާ ކަމަކީ ކުޑި ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރު ކުންފުނިތައް ވައްދާ ކުޑި ވިޔަފާރިވެރިން "މަރާލުން" ކަމަަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved