theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުން ތިބީ ޕީއެންސީ މީހުންފަހާބޭރުކުރާ ހިސާބުގައި: މަލީހް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
28 ޖޫން 2025
މާލެ ސިޓީ

ރައްޔިތުން ތިބީ ޕީއެންސީ މީހުންފަހާބޭރުކުރާ ހިސާބުގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ސަރުކާރާއި ހިންގާ ޕާޓީ ޕީއެންސީގެ ވަފުދުތައް ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކާއި ގުޅިގެން ފާޑުކިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި މަލީހް ބުނެފައިވަނީ، ޕީއެންސީގެ ވަފުދުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު މިކުރައްވަނީ ރައްޔިތުންގެ ރުޅި ހުރި މިންވަރު ޓެސްޓު ކުރައްވަން ކަމުގައެވެ.

މަލީހު ވިދާޅުވީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ރަށެއްގައި ސަރުކާރުން އެންމެ ގާކޮޅެއްވެސް ބާއްވާފައި ނުވާނެ ކަމަށާއި ވީއިރު ރައްޔިތުންގެ ތަރައްގީގެ ބަޖެޓުވަނީ ދިރުވާލައިފައި ކަމަށެވެ. އެހެން ކަމުން ބޮޑެތި ވަފުދު ތައް ހަދައި ގެން ރައްޔިތުންގެ ކުރިމަށްޗައް ޕީއެންސީގެ މެންބަރުން މިދަނީ މިވެރިންނާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ރުޅީގެ މިންވަރު ޓެސްޓުކުރަން ކަމަށެވެ.

ރައްތަގުގެ ތަރައްގީއަށް ދީފައިވާ ބަޖެޓު ޕީއެންސީއިން ދިރުވާލިއިރު، މިއަދު ރާއްޖޭގެ ރައްޔިތުން ތިބީ އަގަަޔާއި އަތާއި ދިމާނުވާހާ ދަތި ހާލުގައި ކަންވެސް އެބޭފުޅާގެ ޕޯސްޓްގައި ފާހަނގަކުރައްވާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved