March 27, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ދިމްޔާތަކީ މުއިއްޒުގެ ހަލާލް ޓުއަރިޒަމްތޯ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 03:36 PM
މާލެ ސިޓީ

ހަލާލު ޓުއަރިޒަމްގެ ވާހަކަ ރައިސް ޑރ.މުހައްމަދު މުއިއްޒު ދައްކަވާއިރު ދިމްޔާތަކީ ރައީސް މުއިއްޒުގެ ހަލާލް ޓުއަރިޒަމް ތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުވާލު އުފައްދާފައިވެއެވެ.

Advertisement

އާދީއްތަ ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ހަލާލް ޓުއަރިޒަމް ރަށްތަކެއްގެ ވާހަކަ ދައްކަމުން ދާއިރު، އެމަނިކުފާނު އަމިއްލަ ފުޅަށް ހިންގަމުންދާ ދިމްޔާތު ގެސްޓްހައުސްއަކީ ރައީސް މުއިއްޒު އެވިދާޅުވާ ހަލާލު ޓުއަރިޒަމްގެ ގިންތިއަށް ފެތޭ ތަނެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވަނީ ރައީސް މުއިއްޒު މާނަ ކުރައްވާ ހަލާލު ޓުއަރިޒަމަމް އަކީ ކޮބައި ކަމެއް އެގިނުލައްވާ ކަމަށެވެ.

ދިވެހިރާއްޖެ އަށް އަލަށް ތައާރައްފް ކުރާއެއްޗެއް ކަމަށް އަލަށް ތައާރަފް ކުރާ ކަމެއް ކަމަށް މިވަނީ ހަލާލް ޓުއަރިޒަމް އިންގޭތޯ، އެއީ ދެން މުއިއްޒަކީ ދެން ވަރަށް ދީނީ މީހަކަށް ވެގެން މިއުޅެނީ އިންގޭތޯ ވަރަށް ދީނީ މީހަކަށް ފަތިސްނަމަާދު ކުރާއިރު ވެސް ޓީވީން ހުރޭ، އެހެން ވީމަ މި ދީނުގަ އެލިގަނެގެން މީނަ މިއުޅެނީ ކީއްވެގެން ތޯ؟ ލާ ދީނީ ވެގެން ތޯ؟ މި ހަލާލް ޓުއަރިޒަމް ގެ ރަށްތަކެއްގެ ވާހަކައެބަދައްކާ އިންގޭތޯ، އެކަމަކު އެރަށްތައް ނަގާއިރު ހަލާލެއް ނުވާނެ ކަޓުނަގާނެ އިންގޭތޯ، އެކަމަކު މި އެއްތިރީސް ތަނުގެ ތެރޭގަ އަޅުގަނޑަށް މި ދިމްޔާތެއް ނުފެނޭ އިނގޭތޯ؟

ރައީސް ޔާމީން

ރައީސް މުއިއްޒު ވިދާޅުވާ ހަލާލު ޓުއަރިޒަމް ތެރޭގައި ދިމްޔާތު ހިމަނައިފައި ވާކަމަށް ޤަބޫލުނުކުރެވޭތީ އެތަނަކީ ހަރާމްޓުއަރިޒަމްއެއް ކަމަުގައި ދެކިވަޑައި ގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ދިމްޔާތަކީ އެތަނެއްގައި މަސާޖު ޕާލާތަކާއި އެފަދަ ހުރިކާ ހިދުމަތެއް ލިބެމުންދާތަނަކަށް ވާއިރު ރައީސް މުއިއްޒު ގެ ޑެފިނިޝަން އިން އެތަން ވާނީ ހަރާމް ޓުއަރިޒަމް އެއް ކަމަށް ޤަބޫލުފުޅުކުރެވޭ ކަމަުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved