theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޓީމޫ އާއީ ޝީއިން ފަދަ ސައިޓުތަކުން ކުރާ ވިޔަފާރިން 30 ޕަސެންޓުގެ ފީއެއް ނަގަނީ / ގޫގުލް
ހަބަރު
ބޭރުގެ ސައިޓުތަކުން ވިޔަފާރި ކުރާނަމަަ 30 ޕަސެންޓް ފީއެއް ބީއެމްއެލްއަށް ދައްކަން އަންގައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖޫން 2025
މާލެ ސިޓީ

ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ.

އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެ އެވެ.

މީގެ ކުރިން މިފަދަ ސައިޓްތަކުން ކުރާ ވިޔަފާރީތަކަށް ބޭންކުން ފީއެއް ނުނަގަ އެވެ.

ބޭންކުން ބުނީ އެންމެ އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށް ކަމަށެވެ.

ބޭންކް މިއަދު މިގެނައި ބަދަލާއި ގުޅިގެން ގިނަ ދިވެހިންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ. ބައެއް މީހުން ބުނީ ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުން ބޭންކަށް އިތުރު ފައިސާ ނުވަތަ ފީ ދައްކަން މަޖުބޫރު ކުރަނީ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved