theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބީއެމްއެލް / ސޯޝަލް މީޑިއާ
ހަބަރު
ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ފީއެއް ބީއެމްއެލް އިން ނަގަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖޫން 2025
މާލެ ސިޓީ

ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި އަދި ، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނަގަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

މީގެ ކުރިން އޭޓީއެމް ޗާޖުގެ ނަމުގައި މިފަދަ ބޮޑު އަދަދެއް ބޭންކަކުން ނުނަގަ އެވެ.

މި ބަދަލު ގެނައި ބޭންކުގެ ބައެއް ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ކަމަށް ބީއެމްއެލް އިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން މިއަދު މިގެނައި ބަދަލާއި އެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުނަށް ވަރަށް ބޮޑު ތަކްލީފަކަށްވާނެ އެވެ. އެގޮތުން ކުލި ދެއްކުމާއި ޓެކްސީ ދަތުރުތަކަށް ފައިސާ ދެއްކުމާއި ސުކޫލު ފީ އަދި ޓިއުޝަންފީ ދެއްކުމަށް ނަގުދު ފައިސާ ނުލިބުމުގެ ދަތި އަންނާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved