April 22, 2026
Advertisement
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް / ނިއުސް ފަރސްޓް

އިރާނާއި އެކު މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށް ޓްރަމްޕް ހާމަކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 09:44 PM
މާލެ ސިޓީ

އިރާނާ އެމެރިކާއާއި ދެމެދު އެއްވެސް ވާހަކަތަކެއް ނުދެވޭ ކަމަށާއި އަދި އެކު އެއްވެސް މަޝްވަރާ ކުރުންތަކެއް ކުރިއަށް ނުދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

Advertisement

މީގެ އިތުރުން ޓްރަމްޕްވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އިން ދިން ހަމަލާގައި އެ ތަންތަން މުޅިން ނައްތާލެވިފައިވާ ކަމަަށް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުވުން،އަނެއްކާވެސް ތަކާރާރު ކުރައްވައިފަ ވެއެވެ. 

ޓްރަމްޕް މިހެން ވިދާޅުވީ އީރާންގެ މަދަނީ ނިއުކްލިއާ ޕްރޮގްރާމަށް އެމެރިކާ އިން 30 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އީރާނާއި އެމެރިކާގެ ގުޅުން މިހާ ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ޓްރަމްޕްގެ މި ވާހަކަތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ވެސް ސިޔާސީ މާހިރުން ލަފާކުރައްވައެވެ.

ސަހްޔޫނީންއިން އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން، ސަހްޔޫނީންއާއި އީރާނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައި ވާއިރު އެމެރިކާއިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން އީރާންއިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަަށް ހަމަލާ ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved