

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:40 ހާއިރެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ތެޔޮ ބޯޓުގައި ވަރަށް ބޮޑަށް ހުޅު ހިފައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވާ މަންޒަރު ފެނެ އެވެ.
އެ ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ވިލުފުށި ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.