theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަޖިލީހުގެ ޖަލްސާއެއްގައި މައުރޫފް ވާހަކަ ދައްކަވަނީ / ރައްޔިތުންގެ މަޖިލިސް
ހަބަރު
ބޭރު ފައިސާގެ އުސޫލުތަކަށް ކުއްލި ބަދަލު ގެންނާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖުލައި 2025
މާލެ ސިޓީ

ބޭރު ފައިސާ މާރު ކުރުމާއި ބޭރު ފައިސާ އިން މުއާމަލާތް ކުރުމުގެ އުސޫލުތަކަށް ކުއްލިކުއްލިއަށް ބަދަލު ގެންނަ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ފީއެއް ނަގަން ނިންމި މައްސަލަ ބަލައިނުގަތުމަށް ޕީއެންސީގެ 29 މެންބަރަކު ވޯޓު ދިނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފެށުމުން އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރި ކަމަށެވެ.

"މިކަންކަމަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަމެއް،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

-

މި ބަދަލުތައް ގެނައީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާ އާއި ހަމަހަމަކަމަށް އިސްކަން ދިނުން ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ. ނަމަވެސް ބޭންކްގެ ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ގައުމީ ބޭންކަށް ވަނީ އަމާޒުވެފަ އެވެ. އަދި ސަރުކާރުން ޑޮލަރު މާރުކުރާމާއި އިގްތިސޯދު ހަމައަކަށް އެޅުމ=ވުމުގައި ގެން ގުޅެނީ ދެ އުޅިއެއްނުވާ ސިޔާސަތެއްކަމަށްބުނެ ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved