

ރައީސް ޑރ މުހައްމަދު މުއިއްޒު ޒުވާނުންނަށް ވީ ވައުދު ނުފުއްދާ ކަމަށާ ޒުވާނުން މިއަދު ހާލުގައި ޖެހިފައިވާ ކަމަށް ޕިއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ވައްޑެ ވިދާޅުވީ ރައީސް ޔާމީން ޒުވާނުންނަށާ ގައުމަށް ގެނެސްދެއްވި އިންގިލާބީ ބަދަލުތައް އެމްޑީޕީ ސަރުކާރާ އަދި މިސަރުކާރުގެ ވެސް އިހުމާލުން ނެތި ގޮސްފި ކަމަށެވެ. އެގޮތުން ޚާއްސަކޮށް ޒުވާނުން މިއަދު ވަރަށް ބިކަވެ އެ ޒުވާނުންނަށް މިއަދު އަސާސީ މުސާރައަށްވުރެވެސް ހައްގުތައް ހޯދަން އުފުލަން ޖެހިފައިވާ ބުރަ ބޮޑު ކަމަށް ވައްޑެ ހާމަކުރެއްވި އެވެ.
2013ގައި ރިޔާސަތާ ހަވާލުވެފައި ރައީސް ޔާމީން މިތާނގަ ހުރި މައްސަލަތައް ރެކްޓިފައި ކޮށްދީފައި ހުރީ. އޭގެ ފަހުން އިބްރާޙިމު މުހައްމަދު ސޯލިހު އައީ. އޭގެ ފަހުން ޑރ މުހައްމަދު މުއިއްޒު މިއައީ ރައީސް ޔާމީންގެ ފޮޓޯފުޅު ދައްކައިގެން އައިސް މި ހަވާލުވީ. ޕީއެޗްޑީ ހޯލްޑަރެކޭ. މީ އަޅުގަނޑުމެން ރުޅި އަންނަން ޖެހެ ސަބަބަކީ. ކީއްވެހޭ ނުވެގެން އުޅެނީ. ރައީސް އޭރުވެސް ވިދާޅުވި ދިވެހި ޒުވާނުންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައޭ. މާލެ ތޮއްޖެހި މާލެއަށް މީހުން އަންނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކޮބައިކަން ރައީސް ވިދާޅުވީ. އެކަން ހައްލުކުރުމަށް ބަރު ފޮތް ދަބަހުން ޓެބްލެޓަށް ބަދަލުކުރި އިނގޭތޯ. އެމްޑީޕީއިން އައިސް ކީއްތޯ ކުރީ. ކޮވިޑުތެރޭގައި އެ ޓެބްލެޓުގެ ބޭނުން ޖެހުނު. އޭތި އަޕްގްރޭޑުކޮށްގެން ގެންދިޔަ ނަމަ މިއަދު އަޅުގަޑުމެން ސްކޫލަށް ފޮތް ދަބަސް ނުގެން ގޮސް ފަރުޖެހޭ ހިސާބުގައި ދިވެހިރާއްޖެ މިއަދު އޮންނާނީ. ދެން އޮތީ މިއަދު ޒުވާނުންެ ހާލަތު. ޒުވާނުން މިއަދު ޒުވާނުންގެ އަސާސީ މުސާރަ އަސާސީ ޚަރަދަށް ވުރެ ބޮޑު. މީ ހާލަތަކީ
ވައްޑެ ވިދާޅުވީ، ރައީސް މުއިއްޒުއަކީ އެއްވެސް އިރަކު މަގްބޫލު ބޭފުޅެއް ނޫން ކަމަށާ ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް ޔާމީން ޖަލްގައި ނުހައްގުން ހުންނަވާ ވެވަޑައިގެންެނެވި ހުރުބާނީގެ ތެރެއިން އެމަނިކުފާނުގެ ފޮޓޯ ވިއްކައިގެން ކަމަށެވެ. އަދި ވެރިކަމަށް ނަސީބު ތަންދިން ގޮތުން އާދެވި ލިބުނު މަގްބޫލުކަން ވެސް މިހާރު ނެތެމުން ދާ ކަމަށް ވައްޑެ ވިދާޅުވިއެވެ.