މެދު ރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް މުސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއާ ގުޅިގެން މައުލޫމާތު ދެއްވަމުން މޫސުމ ާބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އިރު އޮއްސި 18:00 އަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.
އެސަރަހައްދުތަކަށް ވިއްސާރަ ކުރި ނަމަވެސް، އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާ އިރުއުތުރުާއި އިރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.