April 26, 2026
Advertisement
މަލީހް
މަލީހް / ތޭރަ އޮންލައިން

ބިމާއި ފަޅާއި މިކަންކަމުގައި ރައީސް މުއިއްޒު އަށް އިތުބާރެއް ނެތް: މަލީހް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 3, 2025, 07:33 PM
މާލެ ސިޓީ

ބިމާއި ފަޅާއި މިކަންކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަށް އިތުބާރެއް ނެތް ކަމުގައި ޕީއެންއެފްެގެ ސެކެރެޓަރީ ޖެނެރަލް ނުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެބޭފުޅާ ވިދާޅުވީ، އެމަނިކުފާނަށް މިކަންކަމުގައި އިތުބާރު ނެތީ، ރައީސް މުއިއްޒު ގެ މޭޔަރު ކަމުގައި މާލޭގެއެތަކެއް ބިމެއް ބަހާލައިފައި ވާކަމަށެވެ. މީގެ އިތުރުން ސީއެސްއާރަށް އެކިއެކި މަޝްރޫއުގެ ނަމުގައި މާލޭގެ އެތައް ގޯއްޗެއް ގޮތްނޭގޭ ފަރާތްތަކަށޤ ދީފަި ވާކަން ވެސް މަލީހުފާހަގަ ކުރެއްވިއެވެ.

މަލީހު ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ރަނގަޅު އޮޑިޓެއް ހަދަން މިހާރުގެ މޭޔަރަށް ގޮވާލާ ކަމުގައެވެ.

ރަނގަޅު އޮޑިޓެއް ތަކުރާރުކޮށް މިޔަދުގެ މޭޔަރަށްވެސް އަޅުގަނޑުމެން ތަކުރާރުކޮށް މިގޮވާލަނީ އޮޑިޓެއް ހަދަން މިހެން މިކަން ހުރީމަ، އެކި އެކި ޕާރކް ކުރުމުގެ ނަމުގަ އި އެކިއެކި ކަންކަމަށް ބިންތައް މާލެއާއި އަދި އޭގެ އިތުރުން ބައްލަވާ ހިންގި ބޮޑު ޖަރީމާ ހުޅުމާލޭގަ އޭނަގެ ބޭބެވެސް އޭނަ އަމިއްލައަށް ގޮސްސަ ބޯޑުސިންގާ ބިމެން ވަށާ ފާރު ރޭނީ ކިބައިތޯ އެމައްސަ ބެލިއްޖެ ތޯ އަނބުރާ އެބިން ނަގައިފި ތޯ؟

މަލީހް

މަލީހު ވިދާޅުވީ ބިމާބެހޭ ކަންކަމުގައި މިސަރުކާރުން މިހާ ދޯހޮޅިކޮށް ކަންތައްތައް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެބޭފުޅާ ވަނީ، ހަލާލް ހަރާމް ޓުއަރިޒަމްގެ ނަމުގައި ތިގޮތަށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާ ނުލުމަށް ރައީސް މުއިއްޒު އަށް ގޮވާލައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved