March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އެއާޕޯޓަށް ޓާމިނަލް މައްސަލަ އޮޑިޓް ކުރެވެން ޖެހޭ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 4, 2025, 03:53 AM
މާލެ ސިޓީ

އެއާޕޯޓަށް ޓާމިނަލް މައްސަލަ އޮޑިޓް ކުރެވެން ޖެހޭކަމުގައި ރައީސް އަބްދުލް ﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ޓާމިނަލްގެ މައްސަލައިގައި އެތަނުގެ އެމްޑީއަކަށް މިހާރު ހުންނެވި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށެވެ. ސަބަބަކީ އެބޭފުޅާ މަގާމާއި ހަވާލުވުމާއި އެކުވެސް އެތަން އޮތްގޮތް ބެލުމަށް އެތަން އޮޑިޓް ކުރެވެން ޖެހޭއިރު އެކަން ނުކޮށް އޮތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެތަނުގައި ކުރަން ޖެހެނީ ހަމަ އެކަނި މަސައްކަތުގެ އޮޑިޓެއް ނޫން ކަމަށެވެ. އެތަނުގައި ފައިނޭންސް ޕާފޯމަންސް އޮޑިޓްގެ އިތުރުން ފައިނޭސް ކްރިމިނަލް އޮޑިޓެއް ވެސް ކުރެވެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޓާމިނަލް ޓެންޑާކޮށް ބަޔަކާއި ހަވާލު ކުރީ 300 އެއްހާ ޑޮލަރަށް ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވެރިކަމުގައި އެތަނުގެ އަގު 500 މިލިޔަން ޑޮލަރަށް އުފުލިފަ ވާކަމަށެވެ.

އެއަރ ޕޯޓް ގެ ޓާމިނަލް އެނގޭތޯ މީ އެއާރޕޯރޓް ކުންފުނީގަ މިހާރުމި އެމްޑީ އަކަށް ހުރި މީހާ ޒިންމާ އުފުލަން ޖެހޭކަމެއް އެއީ އޭނަ އެތަނާއި ހަވާލުވެފަ އެތަން އޮތްގޮތް އޭނަ އޮޑިޓެއް ކުރަން ޖެހޭނެ އިންގޭތޯ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޓެންޑަރއަށް 200 މިލިޔަން ޑޮލަރުގެ ފަރަގެއް އަންނަން ޖެހިދާނެ ކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިހާބޮޑު ތަފާތެއް ޕްރޮޖެކްޓަކަށް ނާންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެތަން އޮޑިޓް ނުކުރެވިގެން އުޅޭ ސަބަބަކީ އެތަނަށް އިތުރުވި ފައިސާ އެމްޑީޕީއިން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަރަދުކުރި ކަމަށާއި މި ކަމަކީ ރައީސް މުއިއްޒު އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ ނަމަވެސް ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވެސް އެމައްސަލަ ބަލާކަށް ބޭނުމެއް ނުވި ކަމަށެވެ.

އެއާޕޯޓް ހުޅުވޭތީ ސަރުކާރުން އެކަމުގައި ސަނާ ކިޔާ ހަދާއިރު އެތަނުގެ އަގު އެހާބޮޑުވި ސަބަބު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved