April 22, 2026
Advertisement
ބިލިއަނަރު އީލޮން މަސްކް ވައިޓް ހައުސްގައި: އޭނާ ވަނީ އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައި. --
ބިލިއަނަރު އީލޮން މަސްކް ވައިޓް ހައުސްގައި: އޭނާ ވަނީ އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައި. -- / އޭއެފްޕީ

އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 6, 2025, 06:17 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ގާތް އެކުވެރިޔާ އަދި ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ ކަމަށްވާ އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި އެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.

Advertisement

"އެމެރިކާ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީ އުފެއްދީ އެމެރިކާގައި އޮންނަ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީއަށް ގޮންޖަހައި، ސިޔާސީ މައިދާން ހަމައެކަނި އެ ދެ ޕާޓީއަށް ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ކަމަށް މަސްކު ވިދާޅުވިއެވެ.

މިއަދު މިނިވަންކަން އަނބުރާ ހޯދައިދޭން އެމެރިކާ ޕާޓީ އުފައްދައިފިން

އެކްސްގައި މަސްކު ލިޔުއްވާފައިވެއެވެ.

އެމެރިކާގެ މިނިވަން ދުވަހު، މިދިޔަ ހުކުރު ދުވަހު އޭނާ ޝާއިއު ކުރި ޕޯލްއެއްގައި އައްސަވާފައިވަނީ ގާތްގަނޑަކަށް 200 އަހަރު ވަންދެން އެމެރިކާގެ ސިޔާސީ ކަންކަން ކޮންޓްރޯލްކުރަމުން އަންނަ ދެ ޕާޓީގެ ނިޒާމުން މިނިވަންކަން ހޯދަން އެދޭތޯ އެވެ.

އާއެކޭ ނުވަތަ ނޫނެކޭ އެހުމަށް ހުޅުވާލި ޕޯލްއަށް 1.2 މިލިއަން މީހުން ވަނީ ޖަވާބުދީފަ އެވެ.

ޕޯލަށް ޖަވާބުދޭ ދެ މީހުން ކުރެ އެެކަކު އާއެކޭ ބުނެފި ނަމަ އާ ޕާޓީއެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕާ އެކު އޮތް ގުޅުން ގޯސްވާން ފެށީ، ޓެކްސް އާއި ބައެއް ޚަރަދު ކުޑަ ކުރުމުގެ ބިލް ނުވަތަ "ބިގް ބިޔުޓިފުލް ބިލް" އާ ގުޅިގެންނެވެ. މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ލިބޭ އެތައް ބިލިއަން ޑޮލަރެއްގެ ސަބްސިޑީ އުވާލައި ދެކުނު އެފްރިކާއަށް އުފަން ބިލިއަނަރު ޑީޕޯޓް ކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved