April 22, 2026
Advertisement
އިރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އިރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ / ތޭރަގްރެފިކްސް

ހަނގުރާމައަށް ފަހު ޚާމަނާއީ އާމުންގެ ކުރިމައްޗައް ނުކުމެވަޑައިގެންފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 6, 2025, 09:45 PM
ޣައްޒާ

އީރާނާއި ނަހްޔޫނީން އާއި ދެމެދު ހިންގި ހަނގުރާމައަށްފަހު އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާންމުންގެ ކުރިމަށްޗަށް ނުކުމެވަޑައިގެންފި އެވެ.

Advertisement

ޚާމަނާއީ ޢާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެނެވީ މުސްލިމުންގެ އެންމެ މަތިވެރި ދުވަސްކަމުގައިވާ ކަމަށްވާ އަޝޫރާގެ އެއް ދުވަސް ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިމާމް ޚާމަނާއީ މިސްކިތަށް ވަޑައިގަތުމުން އެތަނުގައި ތިބި މީހުން ތެދުވެ، ޚާމަނާއީއަށް އަޑުގަދަކޮށް ގޮވަމުންދާ މަންޒަރުާއި އަދި އޭގެ ޖަވާބުގައި ޚާމަނާއީ އަތްޕުޅު ހިއްލަވާލައްވާ، ބޯ ޖަހާލައްވާ މަންޒަރުވެސް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން އާމުކުރި ވީޑިއޯ އިން ފެނިފައި ވެއެވެ.

ޖޫން 13 ގައި ފެށުނު ހަނގުރާމައިގެ ފަހުން، ޚާމަނާއީ ވަނީ އާންމު ތަންތަނަށް ނުކުތުން މަދުކުރައްވާފަ އެވެ.

ޚާމަނާއީ އެންމެ ފަހުން އާންމު ނޫން ގޮތަކަށް ހާޒިރުވެވަޑައިގަތީ ޖޫން މަހުގެ 13 ވަނަ ދުވަހު ފެށި 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު ރެކޯޑް ކުރެވިފައިވާ ޚިޠާބެކެވެ.

ޖޫން 24 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ލިބުނު ގެއްލުންތަކެއް ހުރިކަން އެ ޤައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ (އެންޕީޓީ) އާ ދެކޮޅަށް ނުދާނެކަށެވެ. އަދި އެ މުއާހަދާއަށް އީރާނުން އަބަދުވެސް ތަބާވާނެކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved