March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދެއްކުންތެރިކަމާއެކު ވަޑައިގެން މުއިއްޒު އަތްބޭނީ މާތް ޚަލީފާއިން ވެސް ނުކުރައްވާ ކަންކަމަށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 7, 2025, 04:13 AM
މާލެ ސިޓީ

ދެއްކުންތެރިކަމާއެކު ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އަތް ބޭނީ އިސްލާމުދީނުގެ މާތް ޚަލީފާއިން ވެސް ނުކުރައްވާ ކަންކަމަށް ކަން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މިއަދު ގައުމުގެ އަދުލުގެ ނިޒާމު ފުޑުފުޑު ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުގެތަކަށް އަތް ނުބާނާނެ ކަމަށާ ޖުޑީޝިއަރީ މިނިވަންވީ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނި ފަނޑިޔާރުގެތައް ހަލާކުކޮށްލާފައި ކަމަށެވެ. އަދި އެއީ އެމްޑީޕީއިން ގައުމުގައި ގާއިމުކުރަމުން އައި ސަގާފަތް ނެގެހެއްޓުން ކަމަށާ އެހެންކަމުން އެމްޑީޕީއިން އެ ވާހަކަތއް ނުދައްކާނެ ކަމަށެވެ.

ނަމަވެސް އެންމެ ފުރިހަމަކޮށް އެ ވާހަކަތައް ދައްކާނެ ދަރުބާރަކީ ޕީއެންއެފުގެ ޖަލްސާތައް ކަމަށާ ޕީއެންއެފުން އެ ވާހަކަތައް ފާހަގަކޮށް ރައްޔިތުންނަށް ކަންކަން ތިލަކޮށްދޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ، ދީނީ ތާޖު އަޅުއްވައިގެން ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ ދީނީ އަސާސްތައް މުގުރާ ފަނޑިޔާރުންނަށް ވެސް ކަންކަމަށް މަޖްބޫރުކުރވާ ވަކި ގޮތަކަށް ހުކުމު ކުރުވަމުން ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved