theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މައުރޫފް / ސޯޝަލް މީޑިއާ
ހަބަރު
އެޗްޑީސީގެ އެމްޑީ މައުރޫފު ކުއްލި ގޮތަކަށް އެކުންފުނިން ވަކިވަނީ!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖުލައި 2025
މާލެ ސިޓީ

ނިމުނު ޑިސެންބަރު މަހު މަގާމާއި ހަވާލުވެ ލެއްވި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީގެ އެމްޑީގެ މަގާމުން ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރައްވަނީ ސަރުކާރުގެ "އެޑްވައިޒަރީ" މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ.

މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވިކަން އެޗްޑީސީގެ މުވައްޒަފުންނަށް މައުރޫފް ވަނީ އަންގައިފަ އެވެ. އުމުރުން 65 އަހަރުވުމުން އެޗްޑީސީގެ މުވައްޒަފުން ރިޓަޔާ ކުރުމުގެ އުސޫލެއް އޮންނަކަން އެނގިފައިވެ އެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

ހުޅުމާލެ ތަރައްގީގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. މި މައްސަލައިގައި ފަޒުލްގެ ބޭބެއަށް ބިންވެރިޔާ ސްކީމުން ގޯއްޗެއްގެ ރެޖިސްޓްރީއެއް ހަދާފައިވާ މައްސަލައެއްވެސް ފެންމަތިވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved