

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެލެއްވި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މެދުކެނޑިފަ އޮންނަތާ 10 މަސް ދުވަސް ވެއްޖެ އެވެ.
މި މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުން ނިންމާނެކަމަށް ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގަ އެވެ. މީގެ އިތުރުން ބިން ހިއްކާ ނިމުމާއެކު ގޯތި ދޫކުރަން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ ބަޔާނަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފޭސް ތިނެއްގެ އެބިމުގެ އަޕްޑޭޓް އެޗްޑީސީއިން އެމަނިކުފާނަށޤ ދެމުން ގެންދާ ކަމަށާއި، ރިޔާސީ ބަޔާނުގައި ބިދާޅުވި ތާރީހަށް އެމަސައްކަތް މންމާނެ ކަމަށވެ. މީގެ އިތުރުން ޖުލަި މަހުނެ ނިޔަލަށް މިބިން ހިއްކައި ނިމުމުން އެތަކުން ދޫކޮށްފައި ހުރި ގޯތިތައްވެސް އެފަރާތް ތަކާއި ހަވާލު ކުރާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވިދާޅުވުން މިހެން އޮތް ނަމަވެސް ސެޓެލައިޓް ފޮޓޯތަކުންނާއި އެހެނިހެން ގޮތް ގޮތުން ބަލާބެލުމުގައި ރައީސްގެ ރިޔާސީ ބަޔާނަށްފަހު އެ ބިން ހިއްކުމަށް އެންމެ ފަސްކޮޅެއް ވެސް އަޅާފަނެއް ކަން ޔަގީން ވެ އެވެ. މި މަޝްރޫއުގެ މަސައްކަތް އެންމެ ފަހުން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ
މިދިޔަ ސެޕްޓެމްބަރު މި ޕްރޮޖެކްޓް ގެ މަސައްކަތް މަހު މަޑު ޖެހުނު ފަހުން އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓަޕްލޭން ވެސް ބަދަލުކޮށްފަ އެވެ. އައު ޕްލޭނުގައި އެންމެ ބޮޑު ބަދަލެއް އައީ ވެސް ފޭސް ތިނެއް ހިއްކާ ގޮތަށެވެ. މެއި 26، ގައި އަލަށް ނެރުނު ޕްލޭނާއެކު ފޭސް ތިނެއް، ފޭސް ދޭކާއި އެއްކޮށްލާނެ އެވެ.
ރައީސް މުއިއްޒުގެ ޕްލޭންތައް ކިތަންމެ ފުރިހަމަކޮށް އެކުލަވާފައި ހުރި ނަމަވެސް، ފެންނަމުންދަނީ އޭގެއިން އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާތާގައި ނިމިފައި ހުރި މަޝްރުއުތަށް ވެސް ރައްޔިތުންނާ ހަމަޔަށް ފޯރު ކޮށްދޭން ބޭނުން ނުވާ މަންޒަރުކަން ފާހަނގަކުރެވެއެވެ.